ޗެލްސީގެ ތަރި އެޑެން ހެޒާޑް، އެ ކްލަބު ދޫކޮށް ރިއަލްމެޑްރިޑް އަށް ދާންޖެހޭކަމަށް ބެލްޖިއަމްގެ ފުޓުބޯޅަ ލެޖެންޑް އަދި ކުރީގެ މެންޗެސްޓާ ސިޓީ ފޯވާޑް އެމިލީ ޕެންޒާ ބުނެފިއެވެ.

ޕެންޒާ ގަބޫލުކުރާގޮތުގައި ހަޒާޑް ރެއާލްއަށް ގޮސްފިނަމަ އޭނާގެ ކުރިމަގު މުޅިން އާއުސްމިން ތަކަށް ގެންދެވޭނެއެވެ. އޭނާ ބުނެފައިވަނީ ހުރިހާ ކުޅުންތެރިންވެސް އެހެން ޓީމް ތަކަށް ދާންބޭނުންވާނެ ކަމަށެވެ. ހާއްސަކޮށް ރެއާލް ފަދަ ކްލަބުތަކަށް ކުޅުންތެރިން އިންތިހާއަށް ދާން ބޭނުންވާ ކްލަބުތައް ކަމަށްވެސް ޕެންޒާ ބުންޏެވެ.

ހެޒާޑްގެ ކޮންޓްރެކްޓް މިއަންނަ ސީޒަންގައި ހަމަވާއިރު ބުނެފައިވަނީ އޭނާ މިހާރު ވަނީ އޭނާގެ ކުރިމަގާއި މެދު ގޮތެތް ނިންމަވާފައިކަމަށެވެ.
އުމުރުން 28 އަހަރުގެ ހެޒާޑްގެ ރެއާލްއަށް ދިޔުމުގެ ވާހަކަތައް މީޑިއާގައި އަބަދުވެސް ގަދައެވެ. ހާއްސަކޮށް މިދިޔަ ސީޒަންގައިވެސް އޭނާ ރެއާލްއަށް ދާން ބޭނުންވާ ކަމަށް އެތަކެއް ފަހަރަކު ބުނެފައިވެއެވެ.

ރެއާލްއަށް ކުޅެމުންދިޔަ އެޓީމުގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމު ދޫކޮށްލުމާއެކު އެތަން ފޫބައްދަން ރެއާލްއިން ދުނިޔޭގެ ތަރިއަށް ގެންދަން މަސައްކަތް ކުރާ އިރު، އެ މަގާމު ފުރަން އެންމެ ގާތީ ހަޒާޑެވެ. ހަޒާޑުގެ ކުޅުމުގެ ސްޓައިލާ ރެއާލްއާ ގުޅޭ އިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި ހަޒާޑުގެ ކެރިއަރު ކުރިއަށް ގެންދަން އޭނާ ރެއާލްއަށް ދާން ޖެހެއެވެ.