ގައުމީ ކޯޗު ޕީޓަ ސެގާޓަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ރައްދު ދެއްވައިފިއެވެ.
ރޭ ވީޓީވީގެ ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ ކޯޗު ކަމަށް ސެގާޓު ހަމަޖެއްސިއިރު އެފްއޭއެމް އިން އޭނާއާ ހަވާލު ކުރި ޓާސްކަކީ ދެ އަހަރު ދުވަހުގެ ތެރޭގައި މުސްތަޤުބަލުގައި ކާމިޔާބު ހޯދޭނެ ފަދަ ޒުވާން ރަނގަޅު ޓީމެއް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަކީ ޓްރެއިނިންގް އަށް ނެގި މުބާރާތެއް ކަމުގައި ފާހަގަކޮށް، ބައްސާމް ވިދާޅުވީ ޓާގެޓް ހުރީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކަމަށާއި ގުއާމް މެޗަށް ނުކުތީ މޮޅެއް ހޯދުމަށް ކަމަށެވެ. ގުއާމް އާއި ފިލިޕިންސްގެ ޓީމު ހޯމް އާއި އަވޭގައިވެސް ބަލި ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ބައްސާމް ވިދާޅުވިއެވެ.
ދިވެހި ސަަޕޯޓަރުންނާއި ކޯޗުން ޤައުމީ ކޯޗަށް ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅޭގޮތުން ބައްސާމް ވިދާޅުވީ، "ކޯޗަށް ދީފައިވާ ޓާގެޓުތައް ހާސިލްކުރަމުން އެބަދޭ، ގައުމަށް ރީތި ނަން އެބަ ހޯދައިދޭ. އަޅުގަނޑަކަށް ނެތް އެއީ އެންމެ އެކަށީގެންވާ ފާޑުކިޔުމޭ ބުނެވޭކަށް" ބައްސާމް ވިދާޅުވިއެވެ.
ކޯޗުން މަޤާމުގައި ބެހެއްޓުން ބިނާވެފައި އޮންނަނީ އެކޯޗަކަށް ކަނޑައަޅާ ޓާގެޓުތަކަށް ވާސިލްވުމާ ގުޅިފައި ކަމަށާއި، މީގެ ކުރިން ވަރަށް ތަޖުރިބާ ހުރި ކޯޗުންވެސް އޭނާގެ ދައުރުގައި ވަކިކުރަން ޖެހިފައި އެބަހުރި ކަމަށް ބައްސާމް ވިދާޅުވިއެވެ. ނަމަވެސް ސެގާޓް އަންނަނީ އޭނާގެ ޓާގެޓްތައް ވަރަށް ރަނގަޅަށް ހާސިލްކުރަމުން ކަމަށް ބައްސާމް ވިދާޅުވިއެވެ.
"ކޯޗު މަގާމާ ހަވާލުވެ އެންމެ 7 މަސް ދުވަސް ތެރޭގައި ސަރަހައްދީ ފުޓުބޯޅައިގެ ޗެމްޕިއަންކަން ހޯދައިފި. މިއީ އަޅުގަނޑުމެން ޓާގެޓު ނުވެސް ކުރާ ކާމިޔާބެއް" ބައްސާމް ވިދާޅުވިއެވެ. ކުޅުންތެރިން ނެގުމާއި ނުނެގުމުގެ އިޙްތިޔާރު ޤައުމީ ކޯޗަށް އަބަދުވެސް އޮންނާނެކަމާއި ކުޅުންތެރިން އެވަރަށް މަސައްކަތް ކޮށްފިއްޔާ އެފުރުސަތު ހުރިހާ ކުޅުންތެރިންނަށްވެސް އޮންނާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ބައްސާމް މިހާރު ތިވަނީ ފެއިލްވެ ނިމިފަ..އިސްތިއުފާ ދެއްވާ.. ދަނގަޑޭ އަކީ މިގައުމުގެ ހީރޯ
ބައްސާމު ތިބުނީ ތެދެއް ކުޅުންތެރިޔަކު ޖަހާހާ ބެރަކަށް ކޯޗް ނަށާކަށް ނުޖެހޭނެ އޭނަގެ މީހުން އޭނައަށް ސަޕޯޓް ކުރާނެ ޤައުމީމީހުން ބަލާނީ ޤައުމަށް ފައިދާ ހުރިގޮތް އަސްފާޤު ފަހުން ގޯސްވީމަ އެހެންވީ އަސްފާޤު ލައިގެން ކުރިޔަށް ދިޔުމުން ޓީމު ބައިބައި ވާނެ ކޯޗް ކުރިޔަށްދަނީ ރަގަޅަށް
ރާއްޖޭގެ ގައުމީ ޓީމުގަ އަޝްފާގް ހިމަނަން މަޖުބޫރުވާނަމަ، އާޖެންޓީނާ ޓީމުގެ މެރަޑޯނާ އަދި ބްރެޒިލް ޓީމްގަ ޕެލޭ ހިމަނަންޖެހޭ........
އަޝްފާގް މޮޅުނޫން ވާހަކައެއްނޫން... އޭނަގެ ޤައުމީ ހިދުމަތް ބަލައިގަންނަން