އިނގިރޭސި ފުޓްބޯޅަ ޓީމް މެންޗެސްޓާ ޔުނައިޓެޑަށް ކޯޗު ކޮށްދިނުމަށްވުރެން ރާއްޖޭގައި ދިރިއުޅެން މާ ރަނގަޅުވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ކޯޗް ކަން ކޮށްދެމުން އަން މެންޗެސްޓާ ސިޓީ އިން ވަނީ މިރޭ ޔުނައިޓެޑް އާއި ދެކޮޅަށް ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ނުކުތުމަށް ހަމަ ޖެހިފައެވެ.

މި މެޗް ދެއްކުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 1:00 ގައެވެ.

މި މެޗްގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދޭން ބެއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު، ސިޓީގެ އެންމެ ވާދަވެރި އެއް ކްލަބް ކަމަށްވާ ޔުނައިޓެޑަށް ގޮސްދާނެތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނެފައިވަނީ ސިޓީ ދޫކޮށްލުމަށްފަހު ޔުނައިޓެޑާ ހަވާލު ނުވާނެ ކަމަށެވެ. އަދި ކޯޗު ކޮށްދޭން އެހެން ކުލަބެއް ނެތްނަމަ ރާއްޖޭގައި ދިރިއުޅެން ދިޔަސް މާރަނގަޅުވާނެ ކަމަށް އޭނާ ބުންޏެވެ.

ސިޓީން ވަނީ ލީގުގައި މިދިޔަ މަހު ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-2ގެ ނަތީޖާއަކުން ބަލިވެފައެވެ.

މިރޭގެ މެޗް ޔުނައިޓެޑްގެ ދަނޑުގައި ކުޅޭއިރު ދެ ޓީމުންވެސް ވަނީ އެންމެ ފުރިހަމަ އަށް މިރޭގެ މެޗަށް ތައްޔާރުވެފައެވެ.

ގާޑިއޯލާގެ ކޯޗް ކަމަށް ބަލާއިރު ސިޓީގެ ކުރިން އޭނާ ވަނީ ސްޕެއިންގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ބާސެލޯނާ އާއި ޖަރުމަންގެ ބަޔާންއަށް ގިނަ ކާމިޔާބީތަކެއް ހޯދަ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އަވަހަށް އާދޭ ގައުމީ ޓީމާ ހަވާލުވާން! ތިފެންވަރުގެ ކޯޗެއް ރާއްޖެއާ މެދު ޝައުގު އުފެދުނީތީ އުފާ ކުރަން

    29
    2
  2. ކާޕެޓް ވަގު

    ރާއްޖެ ހަމަ އެހާކަޑައީތަ؟؟

    33
    4
  3. ވިނަ ނޮޅާބެ

    ޕެޕް ގާޑިއޯލާ ކަލޯ މިގައުމު ހާދަ ކަޑައެއް ތިކުރީ؟ ނޫނީ ޕެޕް ގާޑިއޯލާ ބުނި އެއްޗެއް ރަނަގަޅަށް ފަހުމް ނުވީބާ؟ ވެދާނެއެއް ނުން އޭނާ ބުނީ ކޯޗުކަން ނުކޮށް ރާއްޖޭ ގައި އަރާމް ކޮށްލިޔަސް މާރަނގަޅު ވާނެޔޭ ދޯ؟ އަދި ވާނެ ޕެޕް ގާޑިއޯލާ މިޤައުމަށް އައީމަ ތިސުވާލު ކޮށްލަން.

    21
  4. ާަާަަައަސްލު

    އޮޅުވާނުލާ ގާޑިޔޯލާ ރާއްޖެއަށް ތައުރީފްކުރީ.ދުނިޔޭގެ އެއްމުއްސަނދި ކުލަބަަށްވުރެ ރާއްޖޭގައުޅެންބޭނުންވާހަކަ ކޯޗްކޮއްދޭވާހަކައެއްނޫން.

    30
    1