އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް މެންޗެސްޓާ ސިޓީގެ ޒުވާން ތަރި ލެރޯ ސާނޭ ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުޅުނު އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗުގައި ސާނޭގެ ފައިގެ ލިގަމެންޓަށް އަނިޔާވެ އޮޕެރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން ފާއިތުވެދިޔަ ފަސް މަސް ދުވަހު އޭނާ ހުރީ ކުޅުމުން ބޭރުގަ އެވެ. ނަމަވެސް ޖަރުމަން ކުޅުންތެރިއާ މިހާރު އަންނަނީ ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ދާދި ފަހުން ބުނެފަ އެވެ.

އަހަރެން އިހަކަށް ދުވަހު ސާނޭ އާއި ވާހަކަ ދެއްކިން. އޭނާ ބުނީ މިހާރު އެކަނި ފަރިތަކުރެވޭ ވަރު ވާ ކަމަށް. އަހަންނަށް ހިއެއް ނުވޭ ދެން މާގިނަ ދުވަހެއް ނަގާނެ ހެނެއް ސާނޭ އެނބުރި އަންނަން. އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް އޭނާ އަކީ، “ ގާޑިއޯލާ ބުންޏެވެ.

ސާނޭގެ އިތުރުން ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ވެސް ހަތަރު މަސް ދުވަހަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރު ވަމުން އަންނަ އިރު މި ދެކުޅުންތެރިން ޓީމާ ގުޅުން ވެގެންދާނީ ގާޑިއޯލާ އަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.

މެންޗެސްޓާ ސިޓީ އަށް ދެން ކުރިއަށް އޮތީ އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރަފޯޑުގައި ކުޅެން އޮތް މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާނޭގެ ބައްޕަ

    ލިރޯއީ ސާނޭ އިނގޭތޯ ކިޔަނި
    ޔެސް އަވަ މޭން އިޒް ބެކް

  2. ސާނޭގެ ބައްޕަ

    ލެރޯއީ ސާނޭ އިނގޭތޯ ކިޔަނި
    ޔެސް އަވަ މޭން އިޒް ބެކް