އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް އަޙްމަދު ޝަރީފް (ޑުންގާ) އާ ވަގުތީގޮތުން ހަވާލް ކޮށްފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސި އިންގްލެންޑްގެ ޖުޑާން އަލީ މަގާމުން ވަނީ ވަކިކޮށްފައެވެ. ޖުޑާން މަގާމުން ވަކިކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އާ ގުޅިގެން އެފްއޭއެމްގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާއިރު، މުސާރަ ކުޑަކުރަން އޭނާ އެއްބަސްނުވުމުންނެވެ.

އެފްއޭއެމުން ޖުޑާން ގެނައީ މަހަކު 9000 ޑޮލަރު ދޭ ގޮތަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިލާން ޖެހިފައިވާ ދަތިތަކާއި ހެދި އެފްއޭއެމަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރުމުން، ޖުޑާންގެ މުސާރަ ކުޑަ ކުރުމަށް މަޝްވަރާތަކެއް ކުރެވުނެވެ.

އެފްއޭއެމުން ބޭނުންވީ ކޮންޓްރެކްޓްގައި ހިމަނާފައި އޮތް މުސާރައިގެ ދެބައިކުޅަ އެއްބައި (4500 ޑޮލަރު) ދޭގޮތަށް ކުރިއަށް ދާށެވެ. އެކަމަކު އެ ގޮތަށް އެއްބަސްނުވެވި މަޝްވަރާތައް ދިގުލައިގޮސް އެންމެ ފަހުން ޖުޑާން ވަކިކުރަން ނިންމީ އެވެ.

މިހާރު އައްޑޫގައި "ޑުންގާ ފުޓްބޯލް އެކެޑަމީ" ގެ ނަމުގައި އެކެޑަމީއެއް ހިންގަމުން އަންނަ ޑުންގާ ޝަރީފާއި އެ މަގާމް ވަގުތީގޮތުން ހަވާލް ކުރިކަން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އަދި މީގެ އިތުރުން އަދި މި ދަނޑިވަޅުގައި އެ މަގާމަށް އަލުން މީހަކު ގެނައުމަށް އެއްވެސް މީހަކާއެކު މަޝްވަރާ ކުރަމުން ނުދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ޑުންގާ ޝަރީފް ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުންވެސް ޖާގަ ހޯދާފައެވެ. އަދި އޭނާ އަކީ އެފްއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ކޯޗެއްގެ ގޮތުން 2000 ވަނަ އަހަރުން ފެށިގެން އައްޑޫ ސިޓީގައި ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރި ކޯޗެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއްލާ

    މީ ކޮންތާކު ޑުންގާއެއްތަ.. ޑުންގާތަ ނޫނޫ ގުންޑާތަ ނުވަތަ އުންޑާތަ.. މީކީ މީހުންނަށް ކިޔާކަހަލަ ނަންނަމެއްވެސް ނޫންދޯ. ގުންޑާ، އުންޑާ ، ޑުންގާ، މުންޑާ، ބައްޑާ، އުއްޑާ،...

    10
    5
    • ބޯކިބާ

      ދަގަނޑޭ ހަމްޕު ހެލްމެޓު އައްނި ހިރިގާ ހަމްޕު ސެންޓޭ ދޮންބިލެތް ހެދިބިލެތް މިކަހަލަ ނަންނަން އޯކޭވެފަ ޑުންގާ ކަމުނުދަނީ އެއީ ހަޖަމުނުވާތީ؟

      6
      5
  2. އަޙްމަދު

    މަރްޙަބާ ޑުންގާ!

    8
    5
  3. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    ގުންޑާތަ. އެމްޑީޕީގަ ގިނަވާނީ ގުންޑާއިން

  4. ނނނ

    ހަމަ ޕާޓީ ކުއްޖަކަށްމަގަމެއް ދިނީ ދޯ. މީކީ އެއްވެސް ތަޖުރިބާއެއްހުރި މީހެއް ނުން. މިނުން ފަރާތެްް ނުވީތަ