ޔޫރޯގައި ކޮންމެ މެޗެއްގެ ކުރިން އަދި ފަހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަނެއްކާވެސް ފާހަގަކޮށްލެވޭ ކަމެއް ވެއްޖެއެވެ. މިފަހަރު ފްރާންސްއާއި ޖަރުމަނު ކުުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮގްބާ ވަނީ މޭޒުމަތީގައި ހުރި ބިޔަރު ފުޅި ދުރަށްލާފައެވެ.
މިކަން ހިނގާފައިވަނީ އެ މޭޒުމަތީގައި ބަހައްޓާފައިހުރި ކޯޗު ފުޅިތަކެއް ކްރިސްޓިއާނޯ ރޮނާލްޑޯ ދުރަށްލައި މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބުނުތާ މާ ގިނަދުވަސް ނުވަނީހެވެ. ޕޮގްބާ ދުރުކޮށްފައިވަނީ ޔޫރޯގެ އެއް ސްޕޮންސަރު ކަމަށްވާ ހެއިނެކެން ކުންފުނީގެ ބިޔަރު ފުޅިއެވެ.
މިކަމާއި ގުޅިގެން އެ ކުންފުނިން ވަނީ ވަރަށް ބޮޑަށް މައްސަލަ ޖައްސާފައެވެ. ބެލެވޭގޮޮތުގައި މިއަދުގެ ވަގުތެއްގައި އެ ކުންފުނިން ނޫސްބަޔާނެއްވެސް ނެރޭނެއެވެ. މިކަން ހިނގާފައިވާއިރު ރޮނާލްޑޯ ކޯކު ފުޅި ދުރަށްލުމުން އެ ކުންފުންޏަށް 4 ބިލިއަން ޑޮލަރުގެ ގެއްލުމެއްވިއެވެ. އެހެންކަމުން ބެލެވޭގޮތުގައި ޕޮގްބާގެ މި އަމަލުން ބިޔަރު ކުންފުންޏަށްވެސް ގެއްލުންވުން ގާތެވެ.
ޕޮގްބާގެ މި އަމަލާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފުކުރަމުންނެވެ. އަދި ކުޅިވަރުގެ ތެރޭގައި ބިޔަރު އެއީ ޕްރޮމޯޓުކުރަން ޖެހޭ އެއްޗެއް ނޫންކަމަށްވެސް ދަނީ ބުނަމުންނެވެ.
ޕޮގްބާއަކީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ މީގެކުރިންވެސް އިސްލާމްދީނުގެ ދިފާއުގައި މިފަދަ އެތައް ކަމެއް ދަނޑުމަތީގައާއި ދަނޑުބޭރުގައި ކޮށްފައެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ މުސްލިމުން ދަނީ މީސްމީޑިއާގައި ޕޮގްބާއަށް ޝުކުރުއަދާކުރަމުންނެވެ. އަދި މި ނަމޫނާ ބަލައިގަނެ އެހެން ކުޅުންތެރިންވެސް މިގޮތަށް އަމަލުކުރުމަށް ޕޮގްބާ ގޮވާލައެވެ.
ޕޮގްބާ ބެސްޓް
ޕޮގްބާއަށް ސާބަސް. ތައުރީފުކުރަން.
ޖަޒާކަﷲ ޚައިރު
ޕޮބްގާ އަކީ ކާކު ކަމެއް މިލިޔުމަކުން ނޭގުން، އަހަރެން ފުޓް ބޯލް ނުބަލާތީ ކަންނޭގެ! އެކަމު މިހެޑިން ސަޅިވީމަ ލިޔުން ކިޔާލި އިރު ނެގުން ޕޮބްގާ އަކީ ކޮން ގައުމެއްގެ ކާކު ކަމެއް!
Pogba akee france gaumee football team ge midfielder.. aneh hen kulheny manchester uinted ah
ކޮންހެނެއް ކުޅެނީ....