ޔޫރޯ ގެ ގްރޫޕް ޑީ ގައި އިންގްލެންޑާއި ސްކޮޓްލެންޑް މިރޭ 00:00 ގައި ބައްދަލުކުރާނެއެވެ. އިންގްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ 1-0 އިން ބަލިކޮށްފައިވެއެވެ. އަދި ސްކޮޓްލޭންޑް ވަނީ 2-0 އިން ޗެކް ރިޕަބްލިކް އަތުން ބަލިވެފައެވެ. މި މެޗުން އިންގްލޭންޑް މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެވަނަބުރު ކަށަވަރުވީއެވެ. އަދި ސްކޮޓްލޭންޑް ބަލިވެއްޖެ ނަމަ ދެވަނަބުރު ގާތްގަނޑަކަށް ގެއްލުނީއެވެ.

މި ދެ ޓީމު މިހާތަނަށް 50 ފަހަރު ބައްދަލުކޮށްފައިވެއެވެ. މީގެތެރެއިން އިންގްލޭންޑް މޮޅުވެފައިވަނީ 28 ފަހަރެވެ. އަދި ސްކޮޓްލޭންޑް މޮޅުވެފައިވަނީ 11 ފަހަރެވެ. އަދި އެއްވަރުވެފައިވަނީ 7 ފަހަރެވެ.

ސްކޮޓްލޭންޑް

ކޯޗު: ގްރެގޯ ޓައުންސެންޑް

ކެޕްޓަން: އެންޑްރޫ ރޮބަޓްސަން

ނިކް ނޭމް : ދަ ޓާޓަން ޓެރިއާޒް

މެޗުގައި ކުޅޭ ފޯމޭޝަން: 3-5-2

 

އިންގްލޭންޑް

ކޯޗު: ގެރެތް ސައުތްގޭޓް

ކެޕްޓަން: ހެރީ ކޭން

ނިކް ނޭމް: ތްރީ ލަޔަންސް

މެޗުގައި ކުޅޭ ފޯމޭޝަން: 4-5-1

 

ދެ ކޯޗުންގެ ބަސް

ގެރެތް ސައުތްގޭޓް (އިންގްލޭންޑް)

ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރަން މިއީ އިންގްލޭންޑަށް މުހިއްމު މެޗެކެވެ. އެ ޓީމުގެ އަމާޒަކީ ވެސް މި މެޗުން މޮޅުވެ ދެވަނަބުރު ކަށަވަރުކުރާށެވެ. އެކަން ކޯޗުވެސް ވަރަށް ޔަގީންކަމާއެކު މެޗުގެ ކުރިން ވާހަކަދެއްކި އެވެ. އަދި ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާއި ދެކޮަޅަށް ކުޅުނު ކުޅުން ދައްކައިފިނަމަ މިއީ ފަސޭހައިން މޮޅުވެވިދާނެ މެޗެއް ކަމަށް ކޯޗު ބުންޏެވެ.

ކޯޗު ބުނީ ކުރީގެ ސްކޮޓްލޭންޑަށްވުރެ މިހާރުގެ ޓީމުގެ ނުރައްކާ މިންވަރު ބޮޑުކަމަށެވެ. އެހެންކަމުން މި މެޗުން މޮޅެއް ހޯދަން ވަރަށް މަސައްކަތްކުރަން ޖެހޭކަމަށްވެސް ކޯޗު ބުންޏެވެ.

ގްރަގޯ ޓައުންސެންޑް (ސްކޮޓްލޭންޑް)

މިއީ ކޯޗު ގަބޫލުކުރާ ގޮތުގައި މުބާރާތުގައި އެ ޓީމުގެ އެންމެ ޗެލެންޖިން މެޗެވެ. ދުނިޔޭގެ ނަން މަޝްހޫރު ތަރިން ހިމެނޭ ޓީމަކާއި ދެކޮޅަށް ކުޅުނު ނަމަވެސް ކޯޗު ބުނީ ސްކޮޓްލޭންޑުގައި މިހާރު އޮތް ސްކޮޑަކީ ކޮންމެފަދަ ވަގުތެއްގައި ވެސް ނަތީޖާ އަނބުރާލެވިދާނެ ފެންވަރު ހުރި ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.