ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ދަގަނޑޭ ޓީސީއަށް އިއްޔެ ސޮއި ކޮށްފައި ވަނީ ނިއުއާއެކު އޭނާ ވެފައިވާ އެއްބަސްވުން އެފްއޭއެމް މެދުވެރިކޮށް ބާތިލު ކުރުމަށްފަހުއެވެ. ދަގަނޑޭ ކޮންޓްރެކްޓް ބާތިލްކުރަން އެފްއޭއެމް އަށް ހުށަހެޅީ މުސާރަ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
ދަގަނޑޭ ތިންވަނަ ފަހަރަށް ނިއު އާއި ގުޅުނީ މިދިޔަ ސީޒަނުގައެވެ. އޭނާ ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު އެ ކްލަބަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ވަނަ އަހަރުއެވެ. ނިއުގެ އިތުރުން ދަގަނޑޭ މީގެކުރިން ވަނީ މާޒިޔާ އާއި ވީބީގެ އިތުރުން ވެލެންސިޔާ އަށް ވެސް ކުޅެފައެވެ.
ޓީސީއާއެކު ދަގަނޑޭ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނިކުންނާނީ ފ.ނިލަންދޫއާ ދެކޮޅަށެވެ.