ފާއިތުވި ބައިގަރުނު ތެރޭގައި ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދަން އިންގްލެންޑަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ގެއްލުމާއިއެކު އެގައުމުގެ އެންމެން ވެސް ދަނީ ކަރުނައަޅައި ރޮމުންނެވެ. ނަމަވެސް އޭގެތެރެއިން ވެސް ހާއްސަ ބޭފުޅެއްގެ ނަން އިނގިރޭސިވިލާތުގެ މީޑިއާ އިން ފާހަގަ ކުރެއެވެ. އެއީ އުމުރުން އެންމެ 7 އަހަރުގެ ޕްރިންސް ޖޯޖް އެވެ.

އިނގިރޭސިވިލާތުގެ ތަހުތާއި ތިން ވަނަ އަށް އެންމެ ކައިރީގައި ހުންނެވި ޕްރިންސް ޖޯޖް ފައިނަލް މެޗް ބައްލަވަން ވަޑައިގެންނެވީ ބައްޕަ ޕްރިންސް ވިލިއަމް އާއި މަންމަ ކޭޓް އާއި އެކުއެވެ. ޕެނަލްޓީ ޖަހައިގެން އިންގްލެންޑް ބަލިވުމުން ޖޯޖްގެ މޫނުމަތިން ފެނިގެން ދިޔައީ ހިތާމައާއި ހިތްދަތިކަމެވެ.

ޖޯޖްގެ މޫނުމަތިން ފެނުނު ހިތާމަތައް ހިނިތުންވުމަކަށް ބަދަލު ކޮށްލެވޭތޯ ވިލިއަމް އާއި ކޭޓް މަސައްކަތް ކުރިތަން ފެނުނެވެ. ސްޓޭޑިއަމްގެ އެކި ދިމާތައް ދައްކައިގެން ވެސް މޫނުމަތިން މާޔޫސްކަން ގެއްލުވާލެވޭތޯ ޖޯޖްގެ މަންމަ އާއި ބައްޕަ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

އިންގްލެންޑް ޓީމް ބަލިވުމުން ޖޯޖްގެ މޫނުމައްޗަށް އައިސްފައި ހުރި ހިތާމަވެރި އަސަރުގެ ފޮޓޯތައް މިއަދު އިންޓަނެޓްގައި އަންނަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

https://twitter.com/cambridgecrown/status/1414344670008725505?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1414344670008725505%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpeople.com%2Froyals%2Fprince-william-comforts-prince-george-england-loses-euro-2020-finals%2F

https://twitter.com/cambridgecrown/status/1414342641475592198?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1414342641475592198%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpeople.com%2Froyals%2Fprince-william-comforts-prince-george-england-loses-euro-2020-finals%2F

މެޗް ނިމުނުތަކުން ޕްރިންސް ވިލިއަމް ވަނީ އިޓަލީން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި އިންގްލެންޑްގެ ޓީމަށް ޗެމްޕިއަންކަން ނުލިބުނު ނަމަވެސް އިނގިރޭސީން ފަހުރުވެރިވާ ފަދަ ކާމިޔާބެއް ހޯދައިދިންކަން ފާހަގަކޮށް އިންގްލެންޑް ޓީމަށް ޝުކުރު އަދާކޮށްފައި ވެއެވެ.