ޖަޕާނުގެ ޓޯކިޔޯގައި އިއްޔެ ފެށި އޮލިމްޕިކްސް 2020 ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ އެންމެން ސަގާފީ ހެދުމެއްގެ ބަދަލުގައި ޓީޝާޓެއް ބޭނުންކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރާއްޖެއިން އޮލިމްޕިކްސްގައި ވާދަކުރާ ކޮންމެ ފަހަރަކުވެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރީ ސަގާފީ ހެދުމެވެ. އެގޮތުން 2000 ވަނަ އަހަރު ސިޑްނީ އޮލިމްޕިކްސް، 2004 ވަނަ އަހަރު ގްރީސްގެ އެތެންސްގައި ބޭއްވި އޮލިމްޕިކްސް، އަދި ބްރެޒިލްގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ވެސް ދިވެހި ކޮންޓިންޖެންޓް ބޭނުންކުރީ ސަގާފީ ހެދުމެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރުގެ އީދުގެ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއަކީ މީގެކުރިންވެސް ސަގާފީ ހެދުން ލުމަށް ބޮޑު އިސްކަމެއްދޭ ބައެކެވެ. ނަމަވެސް މިފަހަރު މިހާ އާދައިގެ ގޮތަކަށް ރާއްޖޭގެ ކޮންޓިންޖެންޓް ދައްކާލީ ކީއްވެކަން މިއީ އުފެދޭ ބޮޑު ސުވާލެކެވެ.
މި ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި މުޅިން އަލަށް ދިދަ އުފުލުގެ ފުރުސަތު އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދޭން އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ މިންތީގެ ހަމަހަމަކަމަށް ތާއީދުކުރުމުގެ ގޮތުންނެވެ.
މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ހަތަރު އެތުލީޓަކު ވާދަކުރާނެއެވެ. އެއީ މުބާލާއި ނަބާހާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ.
ރާއްޖޭގެ އެތްލީޓުންނާއި އޮފިޝަލުން ހިމެނޭ ކޮންޓިންޖެންޓުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓީޝާޓާއެކު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުން މީސްމީޑީއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެއްބަޔަކު ވަނީ ކުޅިވަރާބެހޭ ވުޒާރާގައި ސަގާފީ ހެދުމެއް ފަހާނެ ފައިސާ ނެތީތޯ ސުވާލު އުފައްދާފައެވެ. އަދި އެމްއޯސީން މި އޮލިމްޕިކްސްއަށް ތައްޔާރުވި މިންވަރާއި މެދު ވަނީ ސުވާލު އުފައްދާފައެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ ގައުމުތަކުން ވާދަކުރެއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކްސްގެ ދަންމަރު ރޯކުރީ ޖަޕާނުގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ އެވެ. ކުލަގަދަކޮށް ބޭއްވި ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާނުގެ ސަގާފީ އަދި ތާރީހީ ގިނަ ހަރަކާތްތަކެއް ދައްކާލާފައިވެއެވެ.
ލަދެއް ބޮޑު
ގައުމިއްޔަތު މަރާލާ އަޅުވެތިކަމަށް މިގެންދަނީ.. މޑޕ އަކީ މިގައުމުގެ ހަލާކު. ނަޝީދެއް ސޯލިހެއް ކިޔާނެ ކަމެއްނެތް. މޑޕ އަކީ ގައުމުގެ ގައްދާރުންގެ ޕާޓީ. ސޯލިހާ އަންނި އަކީ އިންޑިޔާގެ އަޅުން. ގުދައްތިބެއްޖެހޭނީ 2023 ހޯދުމަށް ޝާހިދު މިހާރު ގޮސް ސޮއި އެކުރީ.. ނަޝީދު ފާޅުގަ އިންޑިޔާއަށް ސަޕޯޓް ދޭން ގޮވަނީ. ސޯލިހު މަކަރުވެރިކަމާއެކު އުޅެނީ. ޝާހިދު އިންޑިޔާގަ އެއުޅެނީ ސޯލިހު ފޮނުވައިގެން. ކުރީދުވަހު މޯޑީ ގުޅާފަ ބުނީމަ ޝާޑު އެދިޔައީ. މައްކާރު ސޯލުހު ދިޔައީ ލަންކާމަގުން. ފާޅުވެގެންވާ ދުޝްމަނާއަށްވުރެ ނުރައްކާވާނީ ވަންހަނާގައިވާ ދުޝްމަނާ. ސޯ ލިހަކީ ވަންހަނާގަ މަކަރުން އުޅޭ ގައްދާރު!
ސަޤާފީހެދުމެއްގަނެވޭވަރުވެސް މިރަރުކާރުގައިނެތްކަންއިނގޭނަމަ މަވެސް އެއްކުއްޖަކަށް ސަޤާފީހެދުމެއް ގަނެދިނީމުސް.
ރާއްޖެ ސަޤާފަތަކީ އިންޑިއާ ސަޤާފަތްކަމަށް ސަރުކާރުގެ އިސްވެރިން ދެކޭތީ އެހެން އެވީ. ހުރި ހިތާމައެއްގެ ބޮޑުކަމާއޭ
ދެން ދިވެހިން އޮލިންޕިކުހައްދާނީ ސާރީ އަޅައިގެން ނޫންތޯ.. މިހާރު މިއޮތީ އިންޑިޔާގެ ވިލެޖަކައް ހަދާފަނޫންތޯ.. ދެން ކީއްކުރާ ލިބާހެއް ތޯ..
އަންހެން ކުދިންގެ ބާރުން އެކިދިންގެ ވަނާތަށް ފެންނަގޮތަށް ތިހިރީ ހަދާފަ. މިހާރު އަނހެނުންގެ ދަށުވެފަ އެއްމެން
މިގައުމަކީ 2008ގައި އެމްޑީޕީ ން ނަސީދު އުފެއްދި ގައުމެއް މިގައުމުގައި ދީނެއް ސަގާފަތެއް ނޯންނާނެ އޮންނާނީ މަޖަ ލާއި އުފާކުރުމާއި ޣީބަބުނުމާއި އަނެކާގެ އަގުވައްޓާ ލުން ނަސީދުފިޔަވައި!
ކޯޓް ފަޓުލޫނާ ޓައީވެސް އެއީ ސަގާފަތް ތޯ؟
ސާބަސް ކަލޭނޭ ކޮންމެ ހެދުމެއްލިޔަސް ދެން ކޮބަޔޯ މައްސަލައަކީ މީގެ ކުރިން ފިރިހެނުން ކޯޓު ފަޓުލޫނު ލާފަވެސް އެބަތިބި އެކަން ނުވިދޯ މައްސަލައަކަށް ދެން މިހާރު ކޯޗެކޭތިކިޔަނީ ހީވާކަހަލަ އެމީހުން ކުޅެން ޖެހެނީވެސް ދިވެހި ހެދުމުގައޭ ބަލަ ދިވެހި ދިދަ އެބައިނެއްނު އެނިމުނީ
ދިވެހި އަންހެންފވެރިންގެ މިހާރުގެ ސަގާފީ ހެދުމުގަ އެހޫރީ.