އޮލިމްޕިކްސްގެ 100 މީޓަރު ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ ހަސަން ސާއިދު ވާދަކުރި ހީޓުން ހަތަރު ވަނަ ހޯދައިފި އެވެ.

ނަމަވެސް ސާއިދު ހީޓު ރައުންޑަށް ކޮލިފައިނުވުމުން، ރާއްޖެއަށް ވަނީ މިފަހަރުގެ އޮލިމްޕިކްސް މިއަދު ނިމިފައެވެ.

ނުވަ މީހުން ބައިވެރިވި ޕްރިލިމިނަރީ ބުރުގައި ސާއިދު ރޭސް ނިންމީ 10.70 ސިކުންތުންނެވެ. ސާއިދު ވާދަކުރި ހީޓުން އެއް ވަނަ ހޯދީ ޒިމްބާބްވޭގެ މަކްޝާ ނޮގާނީ އެވެ. އޭނާ ރޭސް ނިންމީ 10.32 ސިކުންތުންނެވެ. ދެ ވަނަ ހޯދި ދުވުންތެރިޔާ ރޭސް ނިންމީ 10.57 ސިކުންތުންނެވެ. ތިން ވަނައިގައި ރޭސް ނިންމީ ނިކަރާގްއާގެ އެތުލީޓު، ޔެކިލް އެލިއުތު ރޮމޭރޯ އެވެ. އޭނާ ރޭސް ނިންމީ 10.67 ސިކުންތުންނެވެ.

ސާއިދު ވާދަކުރި ހީޓުން ފަސްވަނަ ހޯދީ ބެލީޒުގެ އެތުލީޓް ޝައުން ގިލް ރޭސް ނިންމީ 10.88 ސިކުންތުންނެވެ. ހަ ވަނަ ހޯދީ ކެމްބޯޑިއާގެ ސޯކޮންގް ޕެން އެވެ. އޭނާ ރޭސް ނިންމީ، 11.02 ސިކުންތުންނެވެ. ހަތް ވަނަ އަށް ދިޔަ އަފްޣާނިސްތާންގެ ނޫރު މުހައްމަދު ޝާހް ޒާހީ ރޭސް ނިންމީ 11.04 ސިކުންތުންނެވެ. އަށް ވަނަ ހޯދީ ކިރީބާސްގެ އެތުލީޓު ލަޓައިސީ މޮޔެއާ އަށެވެ. އޭނާ ރޭސް ނިންމީ 11.25 ސިކުންތުންނެވެ. ނުވަ ވަނަ ހޯދީ 11.27 ސިކުންތުން ރޭސް ނިންމި ސަމާއޯގެ ނޭތަން ކްރަމްޓަން އެވެ.

ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި 2016 ގައި ބޭއްވި އޮލިމްޕިކުސްގެ ޕްރިލިމިނަރީ ބުރުގައި ވާދަކޮށް، މުޅި ޕްރލިމިނަރީ ބުރުން ސާއިދު އޭރު އެއް ވަނަ ހޯދީ 10.43 ސިކުންތުންނެވެ. އެއާއިއެކު އޭނާ ވެގެން ދިޔައީ އޮލިމްޕިކްސްގެ ތާރީހްގައި ވެސް ޕްރެލިމިނަރީ ބުރު ފަހަނައަޅައި ދިޔަ ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކޮބާ އެމް.އެން.ޑީ.އެފް

    ދުވުން އޮތް މުބާރާތެއް އޮތްތޯ ގޫގްލް ކޮށްލާފަ އެދިމާލަކަށް މިސޮރު އަވަހަށް ފޮނުވާލާ...

    މީނާ ނޫނިއްޔާ ނޫޅޭނެ ދުވެގެން ކުރިނޭރި މީހެއް! ކެކެކެ
    10 ވަރަކަށް އަހަރު އެއްކަމެއްގައި ވިއްޔަ

    2
    2