ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ލިއޮނަލް މެސީ އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީގެ މި އެއްބަަސްވުމާއި އެކު ރަސްމީ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މި އެއްބަސްވުމުގެ ބައެއް މާއްދާތަކާއި ގުޅޭގޮތުން މެސީގެ ބައްޕަ ޖޯޖް މެސީ ވަނީ މިހާރު ފްރާންސްއަށް ދަތުރުކުރަން ނިންމާފައެވެ.

މެސީއާއި ޕީއެސްޖީއާއި ދެމެދު ވާން ތައްޔާރުވަނީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ދެ ފަރާތުން އެއްބަސްވާ ނަމަ އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ ގޮތަށް އެއްބަސްވެފައިވެއެވެ.

ބާސެލޯނާގައި 20 ވަރަކަށް އަހަރު ހޭދަކުރުމަށްފަހު މެސީ އެ ކުލަބު ދޫކޮށްލުމާއި އެކު ގިނަ ޓީމުތަކަކުން މެސީ ހޯދުމަށް މަސައްކަތްކުރި އެވެ. ނަމަވެސް މިހާތަނަށް ވާހަކަދެކެވުނީ ޕީއެސްޖީއާއި އެކުއެވެ. ކުރިން ސިޓީއާއި މެސީއާއި ދެމެދު ވާހަކަދެކެވޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

ބެލެވޭގޮތުގައި މި ފެށޭ ހަފްތާގެ ތެރޭގައި މި އެއްބަސްވުމުގެ ކަންކަން ފުރިހަމަވެ އެ ކުލަބުގެ އެއްބަސްވުމުގައި މެސީ ސޮއިކުރާނެ ކަމަށް ބެލެވެއެވެ. މިހާތަނަށް ފްރާންސްގެ މީޑިއާތަކުގެ ވާހަކަތައް ހުރިގޮތަށް ބަލާއިރު ޕީއެސްޖީން ތައްޔާރުވަނީ މެސީއަށް ބޮޑު އަގެއް ކިޔުމަށެވެ.

ބާސެލޯނާ އާއެކު އެއްބަސްވުމަކަށް ނުގޮސް މެސީ އެ ކުލަބް ދޫކޮށްލަން ޖެހުނީ އެ ކުލަބަށް އިގްތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންނާއި ސްޕެނިޝް ލަލީގާގެ ރެގިއުލޭޝަންތައް ހުރިގޮތުންނެވެ.

މިކަމާއި ގުޅިގެން ބާސެލޯނާގެ ރައީސް ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ލަޕޯޓޭ ވިދާޅުވީ މެސީ ބަހައްޓަން ގަވާއިދުތަކާއި ގާނޫނުތަކުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި ދިމާވި ހަމައެކަނި ގޮންޖެހުމަކީ ލަލީގާގެ ހަރުކަށި މާލީ އުސޫލުތައް ކަމަށެވެ.

ޕީއެސްޖީން ވަނީ މިފަހަރު ވަރުގަދަ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން ނިމިދިޔަ ޔޫރޯގެ މޮޅު ކީޕަރު ކަމަށްވާ އިޓަލީގެ ޑޮނަރުއްމާ ސޮއިކުރި އިރު ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް ވެސް ވަނީ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ސޮއިކޮށްފައެވެ. މީގެއިތުރުން އިންޓަމިލާނަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ވަނީ 70 މިލިއަން ޑޮލަރަށް ޕީއެސްޖީއަށް ސޮއިކޮށްފައެވެ.

ބާސެލޯނާގެ ތާޜީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުުޅުންތެރިއަކީ މެސީ އެވެ. އަދި ބާސެލޯނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކީވެސް މެސީ އެވެ. އޭނާ ވަނީ ބާސެލޯނާގައި 778 މެޗު ކުޅެ 672 ލަނޑު ޖަހާފައެވެ. އެ ކުލަބުުގައި މެސީ ވަނީ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން 10 ސްޕެނިޝް ލީގާއި ހަތަރު ޔުއެފާ ޗެމްޕިއަންސް ލީގު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    ކްލަބް ދެކެ ލޯބި ވެއޭ ބުންޔަސް ކްލަބް ލޯތް ބެއްނެތެވެ. ދުވަނީ ފައިސާގެ ފަހަތުންނެވެ.

    12
    26
    • ސަނީމާ

      ބަޔަކް ފުޓްބޯޅަ ވާހަކަ ދެއްކިއްޔާ އަނގަ ބާނަންވެސް ޖެހޭ، ތަނެއް ދޮރެެއް ދޮރުއައްޓެއް ނޭނގުނަސް..

      12
      2
    • އިކްރޭ

      ބަލަ ވާނުވާ، %70 ޕޭ ކަޓް ކުރަންވެސް މެސީ ހުރީ ތައްޔާރައް..

      10
      2
      • ހުސޭނު

        އެހެންވެދޯ ކޮންްްްޓްރެކްޓްް ހަމަވިއިރުވެސް ސޮއިނުކޮށް ހުރީ

  2. Anonymous

    ކަލޭ ތީ ރޯނު އެދުރެއްތަ!!

    4
    2