މެންޗެސްޓަރ ޔުނައިޓެޑަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުވިކަން ހާމަކުރުމުގެ ކުރިން ދާނެ ކުލަބެއް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުނެ އޭނާގެ ރައްޓެއްސަކަށް ކުރި ފޯންކޯލެއްގެ އޯޑިއޯ ލީކުވެއްޖެއެވެ.

ޔުނައިޓެޑަށް ބަދަލުވިކަން ހާމަކުރި ދުވަހު މެންޗެސްޓަރ ސިޓީން ވަނީ ރޮނާލްޑޯއާއެކު އެއްބަސްވުމެއް އެކުލަވާނުލާނެކަން ހާމަކޮށްފައެވެ. އޭގެ ކުރީ ދުވަހުވެސް ރޮނާލްޑޯ ވަނީ ސިޓީއާއެކު މަޝްވަރާވެސް ކޮށްފައެވެ. ބެލެވޭގޮތުގައި މި ފޯންކޯލު ކޮށްފައިވަނީ ސިޓީއާއެކު އެއްބަސްވުމެއް އެކުލަވާނުލާނެ ކަމަށް ނިންމި ވަގުތާއި ކައިރީގައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯގެ އޯޑިއޯ ލީކުވެފައިވަނީ އޭނާގެ ރައްޓެއްސެއް ކަމަށްވާ ޕަޅިނާސް އަތުންނެވެ. މި އޯޑިއޯ ލީކުވީ ފުޓްމެއިސް ކިޔާ އެޕްލިކޭޝަނެއްގައެވެ

"އަހަރެންގެ ހާލަތު ބަދަލުވާނެ މިއަދު މެންދުރު ، މިރޭ ނޫނީ އަނެއްދުވަހުގެ ހެނދުނު، އެއީ މެންޗެސްޓަރ ޔުނައިޓެޑު ނުވަތަ މެންޗެސްޓަރ ސިޓީ، އެއިން ކޮންމެވެސް އެއް ކުލަބެއް، ދެ ކުލަބުންވެސް އަހަރެން ހޯދަން ވަރަށް މަސައްކަތްކުރޭ" ރޮނާލްޑޯގެ އޯޑިއޯގައި ވެއެވެ.

މީގެއިތުރުން މި ފޯންކޯލުގައި ދެން ރޮނާލްޑޯ ވަނީ ކުރިން ޕޯޗުގަލްގެ ޑިފެންޑަރަކަށް ކުޅުނު އުމުރުން 39 އަހަރުގެ ބްރޫނޯ އަލްވޭސް އަށް ނެޝިއޮނަލް ޓީމުން ޖާގައެއް ލިބިދާނެތޯ އަހާފައެވެ. އަދި އޭނާއަކީ އުމުރާއި އަޅާބަލާއިރު އަދިވެސް ކޮލިޓީ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ފާހަގަކޮށްފައިވެއެވެ.

މި އޯޑިއާ ލީކުވިތާ މާގިނައިރުތަކެއް ނުވެ މެންޗެސްޓަރ ޔުނައިޓެޑުން ރަސްމީކޮށް ބިޑު ހުށައެޅިކަން ވަނީ ހާމަވެފައެވެ. އޭގެ ދުވަހެއް ފަހުން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ބަދަލުވިކަން އެ ކުލަބުން ހާމަކޮށްފައެވެ. ރޮނާލްޑޯ އެ ކުލަބަށް އަނެއްކާވެސް ގުޅުނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތޯތާ ހުސޭނު

    ކާކުބާ ލީކު ކުރީ؟ ޕީޕީއެމް ނައްޓާފަ ނުދާނެ. 😅

    11
    5
    • Anonymous

      ކުރީ ސަރުކާރުން ކުރިކަމެއް.

  2. އަޝްރަފް

    ގާޒީންގެ އޯޑިއޯ ލީކުކު ރާ ރުއްޖެހި ކުދިންގެ ކަމަކަށް ނުވާނެބާ!!!

    4
    2