ސަރަހައްދުގެ ގަދަބާރު އިންޑިއާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އެއްވަނައަށް ޖެހިލައިފިއެވެ.

ބަންގްލަދޭޝް އިން އެންމެފަހުން އިންޑިއާ އާއި އެއްވަރުކޮށްފައި ވަނީ 2019 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައެވެ. އިންޑިއާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްްވަރުވެގެންނެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި މި ދެ ޓީމު އެއްވަރުވި ފަސްވަނަ ފަހަރެވެ.

މި މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ހާޒިރުވެފައެވެ. ހާއްސަކޮށް ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗުގަައިވެސް ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ކުޅިބަލަން ދަނޑަށް ވަނެވެ.

މެޗު ބަލަން ދަނޑަށް ވަދެތިބި ބަންގްލަދޭޝް ސަޕޯޓަރުން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ އިންޑިއާއިން ވަނީ މި މެޗުގައި ހަމަލާއެއް އުފައްދާފައެވެ. އަރިމަތިން އުދަންތާ ސިންގް ހުރަސްކޮށްލި ބޯޅައިގެ ހުރަހަކަށްވީ ބަންގްލަދޭޝްގެ ޑިފެންސްގެ މައި ތަނބު އަދި ކެޕްޓަން ޓޯޕޫ އެވެ. އޭނާ ވަނީ މި ހާފުގައި ބަންގްލަދޭޝްގެ ފަހަތް ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އިންޑިއާއިން މި މެޗުގައި މަސައްކަތްކުރީ ކުރު ޕާސްތަކެއް ޖަހައިގެން ކުޅުމަށެވެ. އެކަން އެ ޓީމުން ކާމިޔާބުކުރިވެސް މެއެވެ. ހާއްސަކޮށް ފުރަތަމަ ހާފުގެ ކުރީކޮޅު އެ ޓީމުން ވަނީ ލިބޭ ބޯޅަތަކުގަައި ވަރަށް ރީތި ޕާސިން ގޭމެއް ކުޅެފައެވެ. ބަންގްލަދޭޝް އިން ވަނީ އެ ޓީމަށް ބޯޅަ ލިބުނު ކޮންމެ ދަނޑިވަޅެއްގައި އިންޑިއާާއަަށް ނުރައްކާކޮށްފައެވެ.

އިންޑިއާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން އެ ޓީމު ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ލީޑުނަގާފައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސުނިލް ޗެތްރީއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ އަރިމަތިން ހާފުގެ އެތެރެއަށް ވަދެ އުދަންތާ ިންގް އޭރިއާ ތެރެއަށް ދިން ބޯޅައެއްގައެވެ. މި ބޯޅަ ޖެހިއިރު ބަންގްލަދޭޝް ކުޅުންތެރިން ތިބީ ސުނިލް ޗެތްރީ ރަނގަޅަށް ނަގައިގެނެއް ނޫނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން-- ވަގުތު އިމޭޖަަސް: އަބްދުﷲ އަބީދު

އިންޑިއާއިން ލީޑުނެގުމަށް ފަހު ބަންގްލަދޭޝް ވަނީ އެ ޓީމުގެ ކައުންޓަރ ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ދެ ފުރުސަތު ބަންގްލަދޭޝް ތަނަވަސްކުރި އެވެ. އެގޮތުން ބިޕްލޯ އަށް މި ހާފުގައި ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ފުރަތަމަ ހާފު ނިމުނީ ޗެތުރީގެ ލަނޑާއެކު އެވެ.

ދެވަނަ ހާފު އިންޑިއާއިން ފެށީ ބަދަލަކާއެކު އެވެ. އަނިރޫދް ތާޕާގެ ބަދަލުގައި ބްރެންޑަން ފެނާންޑޭޒް ކުޅެން އެރިއެވެ. ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް އިންޑިއާއިން ކުޅުނީ ހަމައެއްގޮތަކަށެވެ. ނަމަވެސް ފުރަތަމަ ހާފާއި ހިލާފަށް މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ސުނިލް ޗެތްރީއަށް މެޗުގެ 60 ވަނަ މިނެޓުގައި ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން-- ވަގުތު އިމޭޖަަސް: އަބްދުﷲ އަބީދު

ބަންގްލަދޭޝް އިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މި މެޗުގެ 74 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރެއްގައި ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ފޮނުވާލައިގެން ބަންގުލަދޭޝް އަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޔާސިން އަރަފާތެވެ.

މުބާރާތުގައި ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސްރީލަންކާ އަތުން 1-0 އިން މޮޅުވެފައެވެ. އެއާއެކު ލީގު އުސޫލުން ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ވަނީ ތާވަލުގެ އެއްވަނައަށް ވަގުތީގޮތުން ޖެހިލާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމްޑީބާއީ

    މިފަހަރު ފައިނަލުގަ ކުޅޭނީ އިންޑިޔާއާއި ބަނގުލަދޭޝް ރާއްޖެއަކަށް ހިޔެއް ނުވޭ ބަނގުލަދޭޝްވެސް އިންޑިޔާވެސް ބަލި ކުރެވިދާނެ ހެނެއް ބަނގުލަދޭޝް ތަށިވެސް ނަގާފާނެ

    32
    6
  2. ބޮލުގައިރިއްސާ

    الحمدلله

  3. Anonymous

    މިހާރު މިދައްކާގޮތުން ފައިނަލްގައި ކުޅޭނީ ބަނގުލަދޭޝް އަދި އިންޑިޔާ. ރާއްޖެ މިފަހަރު ހީވަނީ ދެން އޮތް ތިން މެޗުންވެސް ބަލިވާނެހެން. ކަރުބުޑުން ނާރުނަގާފައި އެވަރަށް ސަޕޯރޓް ކުރިއިރު ކުޅުންތެރިން ބަށި ކުޅެން އުޅުނީމައި ސާކްގެ އެންމެ ބަލި ޓީމު އަތުން ބަލިވީ ބަޔަކު ހިޔެއްނުވޭ އަނެއް ތިންޓީމާއި ކުޅޭއިރު ފުޓްބޯޅަ ކުޅެން އުޅޭނެ ހެނެއް. ހަމަ ބަށި ކުޅެން އުޅޭނެ ކަމަށް ބެލެވެނީ. މިހެން މިވީ ފުޓްބޯޅައަށް ސިޔާސީ ނުފޫޒުވަދެ، ވަރުގަދަ ޓީމުތައް އެކަހެރިކޮށް ގޭންގުން ފުޓްބޯޅަ ކޮންޓްރޯލްކޮށް ގޭންގް ފުޓްބޯޅައަކަށް ދިވެހި ފުޓްބޯޅަދިޔަހިސާބުން. މިހާރު ލީގެއް ކުޅުނަސް ދަނޑުމަތީގައިވެސް ގޭން ގުރޫޕްގެ މީހުން ސަޕޯރޓުކުރަންވެސް އެމީހުން. މިހެންވެ ސަޕޯރޓްކުރާ ނުވަނީވެސް މިހާރު.
    ތިންވަނަފަހަރު މިއީ އެވެރިންގެ ފަހަރު.

  4. އެޖެންޑާ19

    އަޅުގަނޑަށް ފެނޭ ރާއްޖެ ޓީމް އެމެރިކާގަ ކޭމްޕު ޖަހަން

  5. އަހުމަދު

    ރާއްޖެއިން އިންޑިއާ ބަލިކުރާނެތަ
    ހީއެއްނުވޭ ކުރާނެހެން

  6. Anonymous

    މައްދިވެއްސަކަށް ވިޔަސް އަޅުގަނޑު މިފަހަރު އެދެނީ ބަންގްލަދޭޝް މޮޅުވެ ތަށި އެމީހުން ގެންދިއުން. ސަބަބަކީ ދިވެހިންގެ އާބާދީގެ 100 އަކުން 20 އިންސައްތަޔަކީ އެމީހުން ކަމަށް ވެފައި، ދިވެހިންނަށް ނުކުރެވޭ ކަންތައް ވެސް ދިވެހީންނަށް ކޮއްދެމުން ދިއުން.