އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވި މެޗުގެ ރެފްރީއަކީ މި މުބާރާތަށް ކުފޫހަމަނުވާ ރެފްރީއެއް ކަމަށާއި އޭނާ މި މުބާރާތުން ބޭރުކުރަންޖެހޭ ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައިވަނީ ބަންގްލަދޭޝް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ރާއްޖޭގެ ލަނޑުތައް ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

މިއީ މި މުބާރާތުގައި ރާއްޖެ ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން މިހާތަނަށް ފެނުނު އެންމެ މޮޅު ކުޅުމެވެ. މުޅި މެޗުކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނީ ރާއްޖެއިންނެވެ. މިއީ ބަންގްލަދޭޝް މިހާތަނަށް ކުޅުނު ތިން މެޗުން ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުން ލަންކާ ބަލިކުރިއިރު ދެވަނަ މެޗުން ވަނީ އިންޑިއާ އާއި އެއްވަރުކޮށްފަައެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021: ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަދައްްކަމުން ބަންގްލަދޭޝް ކޯޗު ވަނީ ރާއްޖޭގެ ކުޅުމަށް ތައުރީފުކޮށްފައެވެ. އަދި މި މެޗުން މޮޅުވީ މޮޅަށް ކުޅުނު ޓީމު ކަމަށާއި ބަންގްލަދޭޝް ޓީމަށް މި މެޗުގައި ބަލިވާން ދިމާވި ސަބަބުތަކުގެ ތެރޭގައި ރެފްރީ ހިމެނޭ ކަމަށެވެ.

"ރެފްރީގެ ބައެއް ނިންމުންތައް އެބަހުރި ވަކިކޮޅަކަށް ގޮސް ހުސްވެފަ، އަހަރެމެން އަރާމުނުކޮށް ކޮންމެ 72 ގަޑިއިރަކުން މެޗެއް ކުޅެން ޖެހުމާއެކު އަނެއްކޮޅުން ރާއްޖެއަށް އަރާމުކުރާނެ އެކަށީގެންވާ ވަގުތެއް ލިބުމަކީ އޭގެ ނަތީޖާ ދަނޑުމަތީގައި ފެނުނު ކަމެއް" އޮސްކާ ބުންޏެވެ.

ބަންގްލަދޭޝް ޓީމުން މި މެޗުގައި ޑިފެންސްލައިނުން ގޯސްތަކެއް ހެދި ކަމަށާއި ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ކުޅުން ފާހަގަކޮށްލެވޭ ކަމަށެވެ. އަދި ބަންގްލަދޭޝްގެ ކުޅުން ދަށްވީ ރާއްޖޭގެ ފުރަތަމަ ގޯލުން ކަމަށާއި އޭގެފަހުން ޓީމުގެ ފަހަތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ކަމަށެވެ. އަދި މުޅި މެޗު ރާއްޖެ ކޮޅަށް އެނބުރުނީ އެ ގޯލަށްފަހު ކަމަށްވެސް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ދެން ކުޅޭނީ އަންނަ އާދީއްތަދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ސްރީލަންކާ އާއި ރާއްޖެ ބައްދަލުކުރާ އިރު އެ ރޭ ކުޅޭ މެޗުގައި ކުޅޭނީ ނޭޕާލް އާއި އިންޑިއާ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަނީ

    ރަނގަޅު ވާހަކައެއް، މާބޮޑައް ރާއްޖެއައް ހިފާފަ ހުރީ،
    މި ކަހަލަ ރެފްރީން ކަމަކް ނުދޭ، ޖެހިލާއިރައް ފައުލް..
    ގައިގަ ނުޖެހި ކުޅޭ އެއްޗެއް ނޫން ބޯޅައަކީ.

    31
    52
    • ޢަހޫ

      ބަންގާޅިން މިހާރު ދިވެހި ލިޔަންވެސް ހާދަމޮޅޭދޯ. ޢޯގަދަ.

    • އާދަނު

      ޖެހުމާ ޖެހިގަތުމާވެސް ތަފާތު.

    • ބަނީ

      ގައިގަ ޖެހިލުމަކުން މައްސަލަ އެއްނޫން. އެމީހުން ވަރަށް ހުށިޔާރު ފައުލް ކުރަން. ރަނގަޅަށް ރެކޯޑިން ބަލާލިޔަސް ފެންނާނެ އެމީހުންގެ ކުޅުން. ފަހަތުން އައިސް ކަކުލުން އެބަ ޖަހާ ދިވެހި ކުޅުންތެރިންގެ ފަލަމަސްގަނޑު ފަހަތުގައި. ބޯޅަ ހޯދަން އެބަ ޖާރޒީގަ ހިފަހައްޓާ. ރެފްރީ ވަރަށް ރަނގަޅު. ވަކި ވަރަކަށް ފައުލް ގިނަ ވުމުން ރެފްރީ އަށްވެސް މަޖުބޫރު ވާނެ އެކުޅުންތެރިއަކަށް ފިޔަވަޅު އަޅަން. ރެފްރީ ހަމަ ވަރަށް ކެތްގަދަ. ވީހާވެސް ކާޑު ނުދައްކާ ވޭތޯ ބެލި. ބަންގުލަދޭޝް ޓީމުން ފެއަރ ޕްލޭ އެއް ނުކުޅޭ. ވަރަށް ގެރި ކުޅުމެއް ކުޅުނީ. މީ އަބަދުބެސް އެމީހުން ކުޅޭގޮތް.

      12
  2. ހުސޭނުބޭ

    މީނަ ބުނާހާގޮތެއް ހަދާދިންނަމަ ރެފްރީއަށްވުރެ މޮޅު އެހެން މީހެއް ނުހުންނާނެ ދޯ! ކެކެކެކެ

    51
    11
  3. ތެދެއް

    ކޯޗު އެބުނީ ހަމަ ތެދެއް

    24
    44
    • ޢަހޫ

      ޜެފްރީ ކުފޫހަމަނަ ބަންގާޅަށް 3 ރަތްކާޑު ދައްކާނެ.

      13
    • ދޮގު

      ރިޕްލައި އިން ފެންނަނީ އެހެން ގޮތަކަށް.

  4. ބެލް

    ކޯޗްއަށް މެޗު ރިކޯޑިންގް ދަށްކަންވީ !! އެވެސް ބަނދެފަ !!

    51
    11
  5. ނުރަބޯ

    ރަނގަޅު ވާހަކައެއް. ރެފްރީއަށް މެޗުގެ ކޮންޓްރޯލް ގެއްލުން ވަގުތުތަކެއް ދިޔަ. އެކަމަކު ފުރަތަމަ ހާފްގަ ރެފްރީ ޖެހޭ ބަންގަލޭޝްގެ ޓީމަށް އެއަށްވުރެ އަވަހަށް ކާޑު ދައްކަން. މެޗުގެ ކޮންޓްރޯލް ގެއްލެން ދިމާވީ އެހެންވެ.

    11
  6. އަލްޖިބްރާ

    މިމެޗުން ބަންގާޅިން މޮޅުވިނަމަ ރާއްޖޭންވެސް ބުނާނީ ރެފްރީ ހުރީ ބަންގާޅިން ގެ ކޮޅަށް ޖެހިފައޭ ! ބަންގާޅިން މިއަދުގެ މެޗްގައި އުޅުނުގޮތް ވީޑިއޯތަކުންވެސް އެހެރީ ފެންނަން ! ގިނއިން ކުޅެފަ ހުރީ ބޯޅައަކާނޫން ! މީހުނާ ! ބަލިވީމަ ރެފްރީން ގޯސް ކުރުމަކީ ފުޓްބޯޅައިގެ ދިގުތާރީޚްގައި އާކަމެއްނޫން ! މިމެޗްގައި ދިވެހިން ކުޅުމުގެ ތެރޭން އަދިވެސް ރަގަޅު ކުރަންޖެހޭ ބައެއް ކުއްތަށް ފާހަގަ ކުރެވޭ ! އެކަމަކު މިމެޗްގައި ދިވެހިން ރަގަޅަށް ކުޅެފައިވޭ ! ބަންގާޅީން ނެއްކަމަކު ބަލިވީމަ ބަލި ޤަބޫލުކުރަން ދަސްކުރަން ޖެހޭ ! އެއްވެސްބަޔަކު ރެފްރީން ގޯސްކުރުމަކުން މެޗުން މޮޅުވީ ކަމަކަށް ނުހެދޭނެ ! ދަޑަށް އަރަނީ މޮޅަށް ކުޅެ މޮޅުވާން ! އެކަން ކުރޭ ! އެހެމީހުން ގޯސްކުރުމަކުން ކުރާނެ ފައިދާއެއް ނެތް !

    11
  7. ރާގޮޑިރާޖަ

    ޢޮސްކާ ހީކުރީ ބައިބަލާ މުބާރާތެއްގަ ބައިވެރިގެން އުޅޭކަމަށްތޯ. ބަންގާޅު ކޯރުމަސް މާގިނައިން ކެވުނީބާ

  8. ޙެހެ

    މަށަކީ ދިވެސްސެއް! އަސްލު ބަނގްލަދޭސް މޮޅުވެފަ ދިވެހިން ބަލިވެ އަދި އެހާގިނަ ޖެހުން ދިވެހިންނައް ދިންނަމަވެސް އަހަރެން ހަމަ ބުނާނީ އެ ރެފަރީ ކޮލިފައިޑެއް ނޫނޭ!!!!

    2
    5
  9. ސަމަރު

    ރެފްރީއާ ބެހޭގޮތުން ދެއްކި ވާހަކަ އަކީ، ތާކުންތާކު ޖެހޭ ވާހަކަ އެއް ނޫން! ބަނގުލަދޭޝް ކުޅުންތެރިން ގަސްދުގައި ދިޔައީ ފުރަތަމަ ހާފްގައި ވެސް ފައުލްތައް ކުރަމުން! ނަމަވެސް ދެވަނަ ހާފްގައި ރާއްޖެ އޮތީ ފައުލްތަކަށް ވަރަށް ހުޝިޔާރުވެ ތައްޔާރުވެގެން! އެހެންވެ ރާއްޖެ ޓީމްގެ ހުނަރުވެރިކަމުން ރެފްރީ އަށްވެސް ފޮތިކާންދީގެން ފައުލްތައް އަސްލަކަށް ިިހަދައި ފައުލްކުރުވީ! ކުޅިވަރެއް ވިއްޔަ މިޒާތުގެ ކަންކަން ވެސް އޮންނާނެ! ހަޖަމްކޮށްލާ! ނަމަވެސް ކައިރި ކައިރީގައި ބަނގުލަދޭޝްގެ މެޗުތައް އޮތް ވާހަކަ އަކީ ރަނގަޅު ވާހަކަ އެއް! އެއީ ވަރަށް އަންފެއާރކޮށް ކޮށްފައިވާ ކަމެއް! އިންޑިޔާ އާއި ރާއްޖެއަށް ވަރަށް ފޭވަރކޮށް މެޗްތައް ތަރުތީބު ކޮށްފައި އޮތްކަމަށް ޝެޑިއުލް އަށް ބަލާލީމަ ވަރަށް ސާފުކޮށް އެނގޭ!

  10. ސަމްސިއްޔާ

    72 އިރުގެ ރެސްޓް ކަން ލިބެނީ އިނގުނީ މެޗުން ބަލިވީމަތަ؟؟ ތިއައީ ކޯޗްކަމަށް ކުފޫ ހަމަވާ މީހެއްނޫން.

  11. ކުރަފު

    ލަންކާ ކޯޗު އެޅި ސުރުޚީ ގަ ހިފާލީ ދޯ؟

  12. ސަދސދ

    އެއީ ހަމަ ތެދެއް.
    ރާއްޖޭގެ ކުޅުންތެރިޔަކު އިދިކޮޅު އޭރިޔާ ތެރެއަށް ވެއްޓުނީމަވެސް ޑައިވް ކުރީކަމަށް ނިންމައި ކާޑް ދެއްކި.