ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކަން ފެށުމުގެ އެއްދުވަސް ކުރިން ޓިކެޓް ގަންނަން ކިއު ހަދައިފިއެވެ.

ރާއްޖެ އާއި އިންޑިއާ ބުދަ ދުވަހު ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ނަމަވެސް މިހާރު ވެސް ވަނީ ޓިކެޓް ގަތުމަށް ކިއު ހަދާފައެވެ. މިއަދު ހެނދުނު 08:45 ކަންހާއިރުން ފެށިގެން ބައެއް މީހުން ވަނީ ގަލޮޅުދަނޑުގެ ޓިކެޓް ކައުންޓަރު ކައިރީ ކިއު ހަދާފައެވެ.

ނަމަވެސް ކިއު ހެދިތާ ގަޑިއެއްހާއިރު ފަހުން ޓިކެޓް ވިއްކަނީ މާދަމާ ކަން އިއުލާން ކުރުމުން ކިއު ހެދި މީހުން މިހާރު ވަނީ ކިއު ރޫޅާލާފައެވެ. ދަނޑު ކައިރީގައި ކިއު ހަދައިގެން 100 ވަރަކަށް މީހުން މިއަދު ތިއްބެވެ.

ޓިކެޓް ގަންނަން ބައެއް މީހުން މިއަދު ކިއު ހަދައިގެން - ފޮޓޯ: ވަގުތު ކިޔުންތެރިއެއް
ޓިކެޓް ގަންނަން ބައެއް މީހުން މިއަދު ކިއު ހަދައިގެން - ފޮޓޯ: ވަގުތު ކިޔުންތެރިއެއް

އެފްއޭއެމް އިން ބުނީ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗްގެ ޓިކެޓް ވިއްކާނީ މާދަމާ ކަމަށެވެ. މާދަމާ ޓިކެޓް ވިއްކާނެ ގަޑިއެއް މިއަދު އިއުލާން ކުރާނެ ކަމަށް ވެސް އެފްއޭއެމް އިން ބުނެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ މެޗްގެ ޓިކެޓް ޔޫތު ސެންޓަރުން ވިއްކުމުގެ އިންތިޒާމް ހަމަޖައްސަން ދަނީ މަސައްކަތް ކުރަމުންނެވެ. އެތަނުގައި ގިނަ ކައުންޓަރުތަކެއް ބަހައްޓައިގެން ޓިކެޓް ވިއްކާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އާދީއްތަ ދުވަހު ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗަށް ހޮނިހިރު ދުވަހު ޓިކެޓް ނުލިބިގެން ގިނަ ބަޔަކު މުޒާހަރާ ވެސް ކުރިއެވެ. އެމައްސަލަ ހައްލުކުރީ އެފްއޭއެމް އިން ފަހުން އިތުރު އެއްހާސް ޓިކެޓް ވިއްކައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބޫ

    ހަހަހަހާހާހާ މަވެސް ހީނހީނ ހަލާކު
    މަށަކާނުޖެހޭ ޓިކެޓްގަންނާކަށް މަހަމަ އެންމެކުރީ ގޮޑިބަރީގަ އިއްޒަތުގަ ހުރެގެން ބަލަނީ ބޯޅަވެސްބަލަން ރީތި ކުދިންނަށްވެސް ބެލޭ! އެކަމަކު މަގަސްދުގައި ބަލަނީ ބޯޅަ

    12
    1
  2. ރަނގަޅު

    ވަގުކިނބޫ މެންނަށް އެނގޭބާ މިވާނުވާ........................

    6
    1
  3. ޖުއްބާ

    ކުރީބައިގަ ކިއުގަޖެހިގެން ޓިކެޓުގަނެގެން ފަހުން ބޮޑުއަގުގަ ޓިކެޓުވިއްކޭނީ... ވަރައް ރަގަޅު އާމްދަނީއެއް ލިބޭ ޖުމްލަކޮއް.

    7
    1
  4. ކޮއްޕަން

    ޓިކެޓް 100ރ ގަނެފައި އަނެއްދުވަހު 2000ރ ވިއްކާލީމާ އާދައިގެ މީހަކު 15 ދުވަހުކުރާ މަސައްކަތުން ލިބޭ އާމްދަނީ ލިބުނީ. ވީމާ ކިއުގައި ހަމަ ޖެހެންވީ.
    ކީޢްތަވާނީ ޓިކެޓް އޮންލައިނކޮށް ބުކް ކުރެޥޭގޮތް ހަދަން.،
    އެއިރުން ބެލްކް މާކެޓް ނައްތާލެވިދާނެ.

    9
    1
    • ގެރިމޯދީ

      އެގޮތައް ޓިކެޓެއް ގަންނާނީ މަޔައެއް

  5. އަތޮޅުތެރޭ ކުއްޖާ

    ޓިކެޓް ގައި އައިޑީ ކާޑް ނަމްބަރު ޖަހާފާ ވިއްކާ. އެއިރުން ބްލެކް މާކެޓްގައި ޓިކެޓް ނުވިއްކޭނެ.