ރާއްޖޭގެ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގެ އާ ހެޑުކޯޗުކަމުގެ މަގާމަށް އިޓަލީގެ އިންޓަމިލާނަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖެއްސިކަން އެފްއޭއެމުން ހާމަކޮށްފިއެވެ.

މިކަން ރަސްމީކޮށް ހާމަކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓަކުންނެވެ. އޭނާ ރާއްޖޭގެ ކޯޗުކަމާއި ހަވާލުވީ އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މޮރިއޭރޯގެ ފުޓުބޯޅަ ކެރިއަރުގައި ވަނީ ރޯމާ އާއި ނަޕޯލީ އަށް ވެސް ކުޅެފައެވެ. އޭނާގެ އެދުމުގެ މަތިން އިތުރު އެސިސްޓެންޓެއް ވެސް ގައުމީ ޓީމަށް ސޮއި ކުރާގޮތަށް އެފްއޭއެމުން އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖެއްސި އިޓަލީ ކޯޗުގެ އުމުރަކީ 52 އަހަރެވެ. އޭނާ އެންމެ ފަހުން ކޯޗުކަންކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގައެވެ.

އޭގެކުރިން އޭނާ ވަނީ އައިވަރީ ކޯސްޓްގެ ކްލަބަކާއި އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ

މިއީ އޭޝިއާގެ ޓީމަކަށް އޭނާ ކޯޗުކަންކުރާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ ގައުމީ ޓީމެއްގައި އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އެންމެފަހުން ގައުމީ ކޯޗުކަމުގައި ހުރި ބިދޭސީ ކޯޗަކީ ނެދަލޭންޑްސްގެ މާޓިން ކޫޕްމަން އެވެ. އޭނާއާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުން އުވާލިއިރު އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ އަލީ ސުޒެެއިނެވެ.

މޮރިއޭރޯ އާ އެކު ދިވެހި ޓީމު އެންމެ އަވަހަށް ކުރިމަތިލާނެ މުބާރާތަކަށް އޮތީ އަންނަ މަހު ލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރޯ

    އައު ކޯޗުގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކާމިޔާބީއަށް އެދެން. އެފް.އޭ.އެމް އިން އައު ކޯޗުއަށް ފުރިހަމަ ސަޕޯޓު ދޭނެކަމަށް ހީކުރަން.

    21
  2. ލޯބިވާ ވަޠަން

    މިހާރު ތިބޭނެ ބަޔަކު ވަރަށް ދަ ތް ބާރުވެފަ. ތިކޯޗް ވެސް ބޭރުކޮށްލަން މިހާރު ހިފާފަ ތިބޭނީ.

    18
    1
  3. ޙހހހ

    ނުހުރެވޭނެ ގިނަދުވަހު ، ދިވެހިން މާމޮޅުވާނެ ، ދިވެހިންނަށް ކަމުދާ މީހަކު ނުގެނެވޭނެ ، ގާޑިޔޯލާމެން ވިޔަސް

  4. ސޮފްވާން

    ޑިފެންސިވު ފުޓުބޯލުކުޅަެ ގައުމެއްގެ ކޯޗު ކަމަކުނުދަެ

  5. ޢހ

    ކޮބާތަ ޖާމިންކުރާ ކޯޗު ސުޒޭން. ބާކީ ވީތަ. ސިޔާސީވެ ޓީމްގެ ސުލޮޓްތައް ވިއްކާލި ގައްދާރެއް ސުޒޭނަކީ.. އަޑުބަރޭ ޖާމިންކޮށް ޓީމް ބާލިކުރި ކޯޗަށް ހުނ

  6. އާސިދާ

    ރަނގަޅު ނިފަހަރު ލަދުން ހަލާކުވި ތިޔައުޅޭ ސުޒޭނަކާހުރެ ވައެއް ނުވާއެެއް އިނގޭމީހެއްނޫން.
    ބަދަލެއްގެންނަންވެސް ނޭނގެ ބޮލުގައި ގެރިގުއި އުނގިޅަިގެން އަދިވެސް ލަވާންވެގެން..

  7. ޝައްފަ

    ފޮޓޯ ގައި ތިބި ސަޅި ބިޓުން ގެ ނަންތަކާއި މަޤާމު ޖަހާލި ނަމައެއްނު އަހަރުމެން އަންހެން ކުދިންގެ ހިތަށް ތަސައްލީ އެއް ލިބޭނީ.