އަހަރެއްގެ މެދުކެނޑުމަކަށް ފަހު މިމަހުގެ ފަހުކޮޅު ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ކުލަބު މޯލްޑިވްސް ކަޕުގެ ގުރު ނަގައިފިއެވެ.

މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ. މިފަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވަނީ ބައިވެރިވެފައެވެ.

އެހެންކަމުން މި މުބާރާތް ކުރިޔަށްދާނީ ޖުމްލަ 32 ޓީމު 8 ގްރޫޕަކަށް ބަހާލައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ބީއެމްއެލް މިފަހަރު ލައްވާލީ ގްރޫޕް ޑީގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ކުލަބު އެޗްޑީސީ އާއި އާރްޑީސީ އަދި ފެން ކުލަބެވެ. އަދި އެންމެ ފަހުގެ ރަނަަރަޕް ކުލަބު ވެމްކޯ ހިމެނުނީ ގްރޫޕް ސީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސްޓެލްކޯ އާއި ކުޅިވަރާ ބެހޭ ވުޒާރާ އަދި ސިޓީ ކައުންސިލެވެ.

މުބާރާތުގައި ގްރޫޕް އޭގައި ލައްވާލީ އުރީދޫ އާއި، ކަސްޓަމްސް އާއި، މީޑިއާނެޓް އަދި އެމްއޭސީއެލްއެވެ. ގްރޫޕް ބީގައި ޕޮލިސް ކުލަބާއި، އެލައިޑް އާއި ޓްރޭޑް ކުލަބު އަދި އެޗްއާރްސީ ހިމެނެއެވެ. ގްރޫޕް އީގައި ހިމެނުނީ އިމިގްރޭޝަނާއި، ދިރާގާއި، އެފްއެސްއެމް އަދި ޓީމް އެމްއެންޕީއެޗްއައިއެވެ.

މި މުބާރާތުގެ ގްރޫޕް އެފްގައި ޕްރިޒަންސް ކުލަބާއި، އޭވިއޭޝަން ސެކިއުރިޓީ އާއި، ޓީމު ފެނަކަ، އަދި އާރްއޯއެލް ހިމެނުނުއިރު، ގްރޫޕް ޖީގައި ހިމެނުނީ އެމްޕީއެލް އާއި، ދިވެހި ސިފައިންގެ ކުލަބާއި، ސިވިލް ކޯޓު އަދި ކްލަބް 220 އެވެ.

ގްރޫޕް އެޗްގައި ހިމެނެނީ އެސްޓީއޯ އާއި، އެމްޓީސީސީ އާއި، އެމްއެމްއޭ ސޯޝަލް ކުލަބު މޯލްޑިވް ގޭސްއެވެ.

ކްލަބް މޯލްޑިވްސް ކަޕާއި ވިމެން ފުޓްސަލް ފިއެސްޓާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.ކުރިން މި މުބާރާތް އަންނަމަހުގެ ހަތަރެއްގައި ބާއްވަން ނިންމި ނަމަވެސް ތާރީހު ފަސްކުރީ ދަނޑު ލިބުމުގައި ދަތިތަކެއް ހުރުމުންކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

މި ފަހަރުގެ ކުލަބު މޯލްޑިވްސް ކަޕުގައި 32 ޓީމެއް ބައިވެރިވާއިރު ވިމެންސް ފުޓްސަލް ފިއެސްޓްގައި އަށް ޓީމު ބައިވެރިވެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން އަންހެން ބައިގެ މެޗުތައް ކުރިޔަށްދާއިރު އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ޓީމް ފެނަކަ އާއި، ކުޅިވަރާ ބެހޭ ވުޒާރާ އަދި ކުލަބު ވެމްކޯއެވެ. އަދި ގްރޫޕް އޭގައި ހިމެނެނީ ޕޮލިސް ކުލަބާއި، ދިވެހި ސިފައިންގެ ކުލަބާއި، ސިޓީ ކައުންސިލް އަދި ޓްރޭޑް ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަތަނަބެ

    ތީ އެކަން ކުރާމީހުން ވަރަށްބޮޑު ފައިދާއެއް ނަގަން ކުރާކަމެއް. މުބާރާތް ނިންމާލާފަ އެންމެން ހޮލިޑެއަށް އެކި ގައުމުތަކަށް މަޖާކުރަން ދާން ލާރިހޯދަން ކުރާކަމެއް ކަމަށް ފެންނަނީ

  2. މުހައްމަދު

    ކުރިން މި މުބާރާތް އަންނަމަހުގެ ހަތަރެއްގައި ބާއްވަން ނިންމި ނަމަވެސް ތާރީހު ފަސްކުރީ ދަނޑު ލިބުމުގައި ދަތިތަކެއް ހުރުމުންކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ. މިހާރު ދެން ދަނޑު ފައިނަލްވެ ޑޭޓް ފައިނަލް ވުމާއިއެކު މުބާރާތް ބާއްވަނީ މާލޭގަ ކަމެއް ހުޅުމާލެ ގަކަމެއް އަދިވެސް ނޭނގެ؟