މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ލަންކާ މެޗުގެ ދެވަނަ ހާފުގައި އަލީ އަޝްފާގު (ދަގަނޑޭ) ރާއްޖޭގެ ހަތަރުވަނަ ލަނޑު ޖަހައިފިއެވެ.

ދަގަނޑޭ މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑު ދަގަނޑޭ ކާމިޔާބުކޮށްފައިވަނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ދިން ބޯޅައެއްގައި ލަންކާގެ ޑިފެންޑަރުން ކައިރިން ރީއްޗަށް ނައްޓާލުމަށްފަހު އެވެ.

ސްރީލަންކާގެ ރޭސް ކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ލަންކާއިން އެއްވަރުކޮށްފައިވަނީ ރާއްޖެއިން ހަތަރު ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ދެވަނަ ހާފުގެ ފަހުކޮޅު މުޅި މަންޒަރު ކަހަލަ ގޮތަކަށް ބަދަލުވެގެންދިޔަ އެވެ.

މުބާރާތުގައި ރާއްޖެ ދެން މެޗެއް ކުޅޭނީ ނޮވެމްބަރ 11 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. އަދި ފަހު މެޗުގައި ނޮވެމްބަރ 14 ވަނަ ދުވަހު ބައްދަލުކުރާނީ ސީޝެލްސް އާއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ޑޮލަރު ލިބިގެންދެއެވެ.