އިނގިރޭސި އެފްއޭ ކަޕުން މެންޗެސްޓަރ ޔުނައިޓެޑު ކެޓުމާއި އެކު ގިނަބައެއްގެ ސަމާލުކަން ލިބުނު އެއް ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ގިނަބަޔަކު އެންމެ އުއްމީދުކޮށްގެން ތިބި ކުޅުންތެރިޔާއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކި ޕެނަލްޓީއެއް ބޭކާރުކުރުމަކީ ކުލަބުގެ ސަޕޯޓަރުންނަަށް ހަޖަމުކުރަން އުނދަގޫ ކަމަކަށްވި އެވެ.

ޔުނައިޓެޑު އިނގިރޭސި އެފްއޭ ކަޕުން ކެޓީ ހުކުރު ދުވަހުގެރޭ މިޑްލްސްބްރާ އާއި ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މިޑްލްސްބްރާ މެޗުން މޮޅުވެފައިވަނީ 8-7 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ހާއްސަކޮށް ޓީމުގެ ލީޑަޝިޕް ދެއްކުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ފާހަގަކުރެވެއެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ނަމަވެސް އޭގެ ފަސް މިނެޓުފަހުން ޔުނައިޓެޑުގެ ޖޭޑަން ސަންޗޯ ވަނީ ލީޑު ނަގާފައެވެ. އަދި މިޑިލްސްބަރާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މިއީ މެޓް ކްރޫކްސް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެފަހުން ވެސް ދެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ 1-1 އިން އެއްވަރުވުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ. މި ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުނެވެ. އެއާއި އެކު ދެން ޖެހީ ޕެނަލްޓީއެވެ. ޔުނައިޓެޑުން ހަމައެކަނި ލަނޑު ބޭކާރުވީ އެލަންގާ ޖެހި ޕެނަލްޓީއެވެ.

ބޭރުގެ މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ރޮނާލްޑޯގެ ލީޑަޝިޕުގެ ވާހަކައެވެ. އަދި އޭނާގެ ފޯމު ރަނގަޅުނޫން ކަމުގެ ވާހަކައެވެ.

"އެންމެން ވެސް އެންމެ އުއްމީދުކުރާނީ ރޮނާލްޑޯއަށް، އެއީ އެކަން އޮތް ގޮތް، އެގޮތަށް ލިބޭ މަދު ފުރުސަތުތަކުގައި ޕެނަލްޓީއެއް ބޭކާރުކުރުން އެއީ އެވަރުގެ ކުޅުންތެރިއަކަށް ވަރަށް ބޮޑު ދެރައެއް، ލީޑަޝިޕް މިއަށްވުރެ ރަނގަޅުވާންޖެހޭ ރޮނާލްޑޯ، މުޅި މެޗުގައިވެސް ފެނުނީ ޓީމު ވަންތަ ސިފައެއް ނެތްތަން" ފުޓުބޯޅަ އެނަލިސްޓަކު ޓީވީއެއްގައި ވާހަކަދައްކަމުން ބުންޏެވެ.

މި ސީޒަނުގައި ޔުނައިޓެޑު ކުޅޭ މެޗުތަށް ދަނީ މެޗަކަށްފަހު މެޗެއް ދަށްވަމުންނެވެ. އެ ޓީމު ވަނީ ދާދިފަހުން އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުން ވެސްޓް ހޭމް އަތުން ބަލިވެ ކަޓާފައެވެ.

ރޮނާލްޑޯ އަދިވެސް ހުރީ ރަނގަޅު ފޯމެއްގައެވެ. ސުވާލަކީ އެ ޓީމުގެ ކޯޗަށް އޭނާ ބޭނުންކުރަން ނޭނގެނީބާ؟ ނުވަތަ ޓީމުގެ އެތެރޭގައި މައްސަލަތަކެއް ފުނިޖެހެނީބާ؟ މި ދުވަސްތަަކުގައި އެ ޓީމުގެ އެތެރޭގައި މައްސަލަތަކެއް އުފެދެމުން އަންނަކަމުގެ އިޝާރާތްތަކެއް ކުޅުންތެރިންނާއި ކޯޗުން ވަނީ ދީފައެވެ. އެހެންކަމުން ކުރިޔަށްްއޮތް ދުވަސްތަކުގައި ރޮނާލްޑޯގެ ބޭނުން އެ ޓީމުން ފުރިހަމަޔަށް ހިފަން ޖެހެއެވެ. އެހެންނޫން ނަމަ ދެން ފެނިގެންދާނީ އޭނާގެ ތަރި އުމުރުނއ 37 އަހަރުގައި މަޑުމަޑުން އޮއްސެމުންދާނެ ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މޮޅެތި ވާހަކަ ލިޔެވިދާނެ! މެޗު އެއްވަރުވި ގޯލަކީ އަތުންކޮންޓްރޯލްކޮށްގެން ޖެހި ގޯލްއެއް.
    ރެފްރީއޭ ކިޔައިގެން ވާހަކަ ދައްކަބަލަ.

    ކުރިންރޭ މެސީވެސް ފްރާންސް ލީގު ކަޕުން ކަޓައިފި އެވާހަކަވެސް ޖަހާލިނަމަ.

    17
    9
    • ދެ ތިކި ޕީ

      މެސީ ޕެނަލްޓީ މިސް އެއް ނުކުރޭ

      6
      6
    • އެނޯނިމަސް

      ނުރޮއިބަލަ...

      6
      4
  2. .

    މެސީގެ ތަރި އޮއްސެއްޖެއް!

    10
    4
  3. ޒޯރޯ

    ޢެންމެފަހުން ބެލަންޑޯ ނެގީ ކާކު؟ އެފްއޭކަޕުން ކެޓި ރޮނާދޯ.

    1
    10