އިނގިރޭސި އެފްއޭ ކަޕުގައި ފަހަތުން އަރާ ފުލަމް ބަލިކޮށް މެންޗެސްޓަރ ސިޓީ ގަދަ 16 އަށް ދަތުރުކުރި އިރު ޗެލްސީން އުނދަގުލާއި އެކު ޕްލައިމައުތު އާގެލާ ބަލިކޮށްފިއެވެ.

މުބާރާތުގެ ގަދަ 16 އަށް ސިޓީ ދަތުރުކުރިއިރު އެ ޓީމުން މޮޅުވީ ފަހަތުން އަރާ 4-1 އިން ފުލަމް ބަލިކޮށްގެންނެވެ. އަދި ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ފުލަމް އިން ލީޑުނެގިއެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބިއޯ ކަވާލިއޯ އެވެ. ނަމަވެސް މި ލީޑު މާ ގިނައިރަކު އެ ޓީމަށް ނުހިފެހެއްޓުނެވެ. މެޗުގެ ހަވަނަ މިނެޓުގައި ގުންޑޮގާން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގައި ސިޓީ ލީޑުނެގި ލަނޑު ޖަހާފައިވަނީ މެޗުގެ 13 ވަނަ މިނެޓުގައެވެ. މިއީ ޖޯން ސްޓޯންސް ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ 53 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީގައި މަރޭޒް ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން މާރޭޒް ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށްފައެވެ.

ޗެލްސީއާއި ޕްލައިމައުތް ކުޅުނު މެޗުގެ ތެރެއިން

ތިންވަނަ ޑިވިޝަނުގެ ޓީމަކާއި ދެކޮޅަށް ޗެލްސީ މޮޅުވި މެޗުގައި އެ ޓީމުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ޕެނަލްޓީއެއް މަތަކުރިއެވެ. މި މެޗުގައި ޗެލްސީގެ ކޯޗު ޓުޗެލް ކޮވިޑަށް ފައްސިވުމުން އޭނާ ބެންޗުން ނުފެނެއެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޕްލައިމައުތް އެވެ. މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑުޖަހާ ލީޑު ނަގައިދިން ލަނޑު ޖެހީ މަކައުލީ ގިލެސްޕީ އެވެ. ޗެލްސީން ނަތީޖާ އެއްވަރުކުރީ 41 ވަނަ މިނެޓުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރެއްގައި އޮތުމުން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ.

އިތުރުވަގުތުގައި ޗެލްސީން ލީޑުނެގި ލަނޑު ކާމިޔާބުކުރީ މާކޯ އަލޮންސޯ އެވެ. އަދި އިތުރުވަގުތުގެ ދެވަނަ ހާފުގައި

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅުނެވެ. އަދި ޗެލްސީގެ ޑިފެންޑަރު މަލަންގް ސާ ކުރި ފައުލަކަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް އެ ކާމިޔާބެއް ނުވިއެވެ.

މީގެއިތުރުން އެފްއޭ ކަޕުގައި ރޭ ލަމްޕާޑްގެ އެވަތަން ވަނީ ބްރެންޓްފޯޑް އަތުން 4-1 އިން މޮޅުވެފައެވެ. އަދި ވެސްޓްހޭމް އިން ވަނީ އުނދަގުލާއި އެކު ކިޑާމިންސްޓާ އަތުން 2-1 އިން މޮޅުވެފައެވެ.