ޔޫކްރޭނިއަން ޕްރިމިއާ ލީގު (ޔޫޕީއެލް) ކުރިޔަށް ނުގެންދަން ނިންމައި، ސީޒަން ނިންމާލައިފިއެވެ.

ޔޫޕީއެލްގެ ވެބްސައިޓުގައި ނެރެފައިވާ ބަޔާނެއްގައި ބުނީ، ލީގުގެ ކުޅުން އިތުރަށް ކުރިޔަށް ނުގެންދަން ނިންމައި، އެންމެ ފަހުގެ ޕޮއިންޓް ތާވަލާ އެއްގޮތަށް ވަނަވެސް ނުދޭން ނިންމާފައިވާ ކަމަށެވެ.

ޔޫޕީއެލްގެ ކުޅުން މެދުކަނޑާލީ ވިންޓާ ބްރޭކަށް ޑިސެމްބަރު މަހުއެވެ. ނަމަވެސް ލީގުގެ ކުޅުން އިތުރަށް ކުރިޔަށް ނުގެންދެވިފައި ވަނީ ރަޝިއާ އިން އެ ގައުމަށް ވެރިވެގަތުމަށް ކުރަމުން އަންނަ ހަގުރާމައިގެ ސަބަބުންނެވެ.

ލީގުގެ ކުޅުން މެދުކަނޑާލިއިރު، ހަތަރު ރައުންޑު ކުޅެގެން 47 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޝަހުތަރު ޑޮނެސްކްއެވެ. އަދި އެޓީމުގެ ފަހަތުން ދެވަނައިގައި އޮތީ ދެ ޕޮއިންޓްގެ ފަރަގަކާއެކު ޑައިނަމޯ ކިއެވްއެވެ.

މީގެއިތުރުން، ކުރިޔަށް އޮތް ސީޒަން ފެށުމަށް ވޯކިން ގްރޫޕެއް އެކުލަވާލައި އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އީޕީއެލްއިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

ޔޫޕީއެލްގައި ހިމެނޭ ޝަހްތަރު ޑޮނެސްކްގެ އިތުރުން ޑައިނަމޯ ކިއެވްއިން ވަނީ ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ ޔޫކްރެއިންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރަހްމަތްތެރިކަމުގެ މެޗުތަކެއްވެސް ކުޅެފައެވެ.