ޕްރިމިއާ ލީގުގައި 0-4 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީ އަނބުރާ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ލީޑްސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ސިޓީންނެވެ. އެގޮތުން އެޓީމުން ވަނީ 13 ވަނަ މިނެޓުގައި ރޮޑްރީގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ސިޓީން ލީޑު ފުޅާކުރަން ފުރުސަތުތަކެއް ދިޔައީ ހޯދަމުންނެވެ. ނަމަވެސް ހާފް ނިމުމުގެ ކުރިން އެޓީމަށް ލީޑު ފުޅާކުރެވޭ ގޮތް ނުވެއެވެ. އެގޮތުން ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ލީޑްސްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، އެޓީމުން ލީޑު ފުޅާކޮށްފައިވަނީ ވަނަ މިނެޓުގައި އަކޭ ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑަށްފަހުވެސް އެޓީމުން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ.

ސިޓީން ތިންވަނަ ލަނޑު ޖެހީ 78 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި ސިޓީގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ ފެނާންޑީނިއޯއެވެ.

މި ނަތީޖާއާއެކު ސިޓީ ވަނީ 34 މެޗުން 83 ޕޮއިންޓް ހަމަކޮށްފައެވެ. ސިޓީގެ ފަހަތުން ދެވަނައިގައި 34 މެޗުން 82 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. މި މެޗުން ބަލިވި ލީޑްސް އޮތީ 34 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ.