17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އިން ރާއްޖޭގެ މައްޗަށް 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.

ސްރީލަންކާގައި ކުރިޔަށްދިޔަ މި މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނަމުލްއެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބަންގްލަދޭޝް އިންނެވެ. މިގޮތުން ބަންގްލަދޭޝް އިން ވަނީ 38 ވަނަ މިނެޓުގައި މުރްޝެޑް އަލީގެ ލަނޑުން ލީޑު ފުޅާ ކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފް ފެށިގެންވެސް ބަންގްލަދޭޝްގެ ފާރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ މި ހާފްގައިވެސް ރާއްޖޭގެ ހާފަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މުޅި މެޗުގައިވެސް ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ.

ރާއްޖެ އަދި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ސާފް

މި މެޗުގައި ބަންގްލަދޭޝްގެ ތިންވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބުކުރީ މިރާޖުލްއެވެ. އަދި އޭގެ ތިން މިނެޓު ފަހުން މިރާޖުލް އިތުރު ލަނޑެއް ކާމިޔާބު ކޮށްފައިވާއިރު، މެޗުގެ އިތުރު ވަގުތުގައި އޭނާ ވަނީ ބަންގްލަދޭޝްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މުޅި މެޗުގައި ބަންގަލަދޭޝް އިން 30 ޝޮޓް ރާއްޖޭގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން 13 ޝޮޓް ފޮނުވާޅީ ގޯލާ އަމާޒުކޮށެވެ. އަދި މެޗުގައި ރާއްޖެއިން ތިން ހަމަލާ ބަންގްލަދޭޝްގެ ގޯލަށް ފޮނުވާލާފައިވާއިރު، އޭގެ ތެރެއިން ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

މުބާރާތުގައި ހުކުރު ދުވަހު ގްރޫޕްގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ބަންގްލަދޭޝް އަތުން 1-5 ގެ ނަތީޖާއަކުން ބަލިވެފައިވާ ސްރީލަންކާ ބަލިކޮށްގެން ނޫން ގޮތަކަށް ރާއްޖެއަށް ސެމީގެ ޖާގަ ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮގުބާ

    ވަރަށްބޮޑް ކާމިޔާބެއް ކޮންމެ ކުލުންތެރިޔަކަށް 500000 ދޭންވާނެ

    • ާފީފާ

      ޔާރޭ. ޢެ ކުދިން ގާތު ބުނީ ލާރި ވެސް ހޯދަން. ޙައްހައް

  2. ހުމާމު

    ތި ޓީމު ގޮވައިގެންނޯ ހީނާ އޭ.އެފް.ސީ އަށް ދަނީ. ތިއީ ހީނާ ކުޑައިރުންފެށިގެން ތަމްރީނުކުރަމުން އައިޓީމެކޯލަ! މުޅިންފެނިގެންދިއައީ ޑިފެންސްކުރިތަން! ޑިފެންޑަރުން ވަރުބަލިވެ ވެއްޓެމުންދިއައިރުވެސް ހަމައެގޮތުގަ! ޓީމު ބަލިވިއުރުވެސް އޮފެންސިވު އެއްވެސް މޫވްމަންޓެއް ނުފެނުނުތާ މިޑްފިލްޑެއް ނުވެސް ހައްދަވަނީ. ސާބަސް ދިވެހިފުޓްބޯޅައަށް. މުޅިދިވެހިރާއްޖެއިން ތިއަައްވުރެ މާފެންވަރު ރަނގަޅު ޓީމެއްނެގޭނެ ކަމާމެދު ޔަޤީން! ބައްސާމު އިސްތިއުފާ! ހީނާ އިސްތިއުފާ! އިންޓަވިއުދިން މެނޭޖަރު ހުރީ ބޮލުގަ ހުޅިޖަހައިގެން ކަންފަތުގަ މުދިލައިގެން! މިއީ ދިވެހިންގެ ފެންވަރު! ބަންގްލަދޭޝްޓީމު ގެ ޔޫރޮޕްކޯޗް ހަމަބޮޑުތަނުން ރަނގަޅު! ކޮރަޕްޓް އެފެ އޭ އެމް އިން ދިވެހި ފުޓްބޯޅަދަނީ ހަލާކުކުރަމުން! ދިވެހިންކުޅެންވީ އޮތްވަޅުގަނޑު! ފުޓްބޯޅަ ދޫކޮއްލާ!

  3. ސައިނާ

    އޯކޭ ދޯ ރާއްޖޭގެ ލެވެލްއޭ ތީ ނޯވޮރީސް! ގެޓް ޔޫސްޓް އިޓް

  4. ޝްރެ

    މޮޅެތި ކުޅުން ތެރިން ތިއްބާ ވަކި ބަޔަކަށް މަސްލަހަތު ހިމެނޭ ގޮތަށް ޓީމް ނެގީމަ ވާނީ ތިހެން..