ސައުދީގައި ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިިފިކޭޝަންގައި ސައުދި އަރަބިއްޔާގެ ޓީމުން ރާއްޖޭގެ ޓީމު ހަމަބިމަށް ތިރިކޮށްފިއެވެ.

ސައުދީގެ ޚޯބާރް ސިޓީގެ ސައުދު ބިން ޖަލާވީ ސްޓޭޑީއަމްގައި ރޭ ކުޅުނު މެޗު ސައުދީން ކާމިޔާބުކުރީ 9-0 ގެ ނަތީޖާއިން ރާއްޖެ ބަލިކޮށްގެންނެވެ. ރާއްޖޭގެ ޓީމުން މިހާތަނަށް އެމުބާރާތުގައި ތިން މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ކުވެއިތު އަތުން 6-0 ވަނީ ބަލިބެފައެވެ. އޭގެ ފަހުން އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅުން މެޗުން ވެސް ވަނީ ބަލިވެފައެވެ.

ފުރަތަމަ ހާފު ފަށައިގެން އަިއިރު ރާއްޖޭގެ ޓީމުން ރަނގަޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ހާފު ނިމުނުގެ ކުރިން ސައުދީން ވަނީ ހަތަރު ގޯލުގެ ލީޑެއް ނަގާފައެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސައުދީގެ އިތުބާރު ހިފޭ ފޯވާޑް ރާމިޒު ސައީދު އަލާތާރު ދެ ގޯލު ޖަހައި ދެވަނަ ހާފުގައި އޭނާ ހެޓްރިކް ފުރިހަމަ ކުރިއެވެ.

ސައުދީގެ ޓީމުން ވަނީ ބޯޅަ ޑިފެންސް ކުރުމުގެ ބަދަލުގައި ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. އެ މެޗުގައި ސައުދީއަށް އެންމެ ފުރަތަމަ ލީޑު ނަގައިދިނީ މެޗުގެ 22 ވަނަ މިނިޓްގައި ތޮލާލް އަބޫބަކުރު ހާޖީއެވެ. އޭގެ ހަ މިނެޓު ފަހުން ނަވާފް ވަނީ ސައުދީއަށް ލީޑު ފުޅާކޮށްދީފައެވެ. އެ މެޗުގައި ނަވާފްގެ ދެވަނަ ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައި ކައުންޓާ އެޓޭކެއްގެ ބޭނުން ހިފާ އުފެއްދި ހަމަލާއިންނެވެ.

ހަމައެހެންމެ، ސައުދީގެ އަނެއް ތިން ލަނޑު ޖެހީ ޖަތުބު އަލް ދަފީރީ އާއި ޒިޔާދު ހިބާހް އަދި ފާރިސް ޔޫސުފް އެވެ. ސައުދީން ވަނީ މިދިޔަ މަހު ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު ކޮޅަށް 11 ގޯލު ޖަހައިފަ އެވެ.

އެ މުބާރާތުގައި ރާއްޖެއަށް ދެން ބާކީ އޮތީ މިޔަންމާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗުކަމަށްވާއިރު އެ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ގަ އެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައި އޮތީ ސައުދީއެވެ. ކުރިން އެއްވަނައިގައި އޮތް ކުވައިތުގެ މައްޗަށް 3-0 ން ކާމިޔާބު ހޯދައި އިންޑިއާއިން ވަނީ ގުރޫޕްގެ ދެވަނަ އަށް ޖެހިލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޢަހްމަދު

    މިގެއިން އެނގެނީ ރަނގަލު ޔޫތު ޑުވެލެޕްމެންޓް ނިޒާމެއްނެތި އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ ފެއިލްވެފައިވާކަން! ބޭކާރު ޙަރަދު ކުރުން ހުއްޓްލާ!!!!

    26
    1
  2. ޝުޒޭން

    ރާއްޖޭގެ ސީލެވެލް އަށް ވުރެ މާ އުހުގައި ކުޅެން ޖެހުމުން ކުޅުންތެރިން ބިރު ގަނެގެން ރަގަޅު ފައިޓެއް ނުދެވުނީ..

    16
    6
  3. ރިޒާޑިބާ

    ހެޑިން ވަރަށް ހަބް

    11
    2
  4. ހިޔަމަ

    ނަސީބެއްނު ހަމަ ބިމަށް ތިރިކުރިކަން. ބިމުގެ އަޑިޔަށް ތިރިނުކޮށް....

    1
    1
  5. ޒަރިޔަންދު

    ވަރަށް ރަގަޅު ތަޖްރިބާއެއް ކުޅުންތެރިންނަށް އެލިބުނީ.. ދިވެހި ރާއްޖޭގައި ކުޅުނު ނަމަ ރާއްޖެއިން އެމީހުން ކޮޅަށް 9 ގޯލް ޖެހީސް..

    1
    3
  6. ލޮލް

    ކުރީގަ އޮތީ ހަމަ ބިމުގަ، މިހާރު ބިމު އަޑީއަށް ފޮނުވާލީ

  7. ހަލާލު

    ފެނުނު މަންޒަރަކީ ކުދިންކޮޅަށް ފުޓްބޯޅައިގެ ވަރަށް ބޭސިކްވެސް ނޭނގޭކަން. މިހެންބުަނަން ޖެހުނީ ބޯޅަލިބިމުން ކައިރީގަ ހުންނަކުއްޖާއަށް ބޯޅަ ޕާސްކުރަންނޭނގުން. ހުރިހާ އެއްމެނަށް ދަސްކޮށްދީފައޮތީ ވެއްޓިގެން ޓެކުލްކުރުން. ޑިފެންސުގަ ތިބި އެއްވެސް ކުއްޖަކަށް ނޭނގޭ ކުރިއަށް ރީތިޕާހެއްދޭން. ލަދުން ބޯހަލާކު. ފައިސާހަރަދުކޮށްފަ މިއީ ފުކެއްބޮޑުވަރު. ބަތްކައްކާ ކުޅެން އުޅުނިއްޔާ މާތާހިރުވާނެ. ކޮރަޕްޓް ސިސްޓަމެއްގެ ތެރެއިން ކޮންކަމެއްތަވާނީ!

  8. ޗަބީ

    ތިޔައީ އަބަދުވެސް ހަމަބިމުގައި އޮންނަޓީމެއް ދެއްތޯ ހާއްސަކޮށް މިހާރު ޔޫތުމިނިސްޓްރީން މަޖާކުރުންނޫން ކަމެއްނުކުރޭ މުޅިންފެއިލްވެފައޮތްތަނެއް

  9. މޯހަން

    ޠޫތު މިނިސްޓްރީ ފެއިލްވެފަ

  10. Anonymous

    އަދިވެސް އަރަބީންނާ ގެޅޭތި ކަދުރޭ ޖަމަލޭ ކިޔާފަ. ތިފެންނަނީ ސައިޒު

    4
    1
  11. ހިޔަމި

    މާ މަތީގަ އޮތް ބައެއް ވިޔާ

  12. ކައުންސެލަރު

    އެންމެ އަޅައިގަތީ "ނޫސްވެރިޔާ" އަޅާފައި އޮތް ހެޑިން.
    ބުނީމާ ނޫސްވެރިން ދޯ މީ.

  13. 2023

    ބައްސާމް އަށް ދޮލަނގަކަށް ލައިފަދީފަ އިން މަގާމެއްތަ. މީނަ މިތަނުން ބޭރުނުކުރެވުން މީމައްސަލައެއް.

  14. ދެރަކަމެއް

    Enme bodhu heydhaeh kuraa ެeh kulhivar.. ޭEkam ak dhuvahakuves kurierumeh naadhe uu