ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ އޭނާގެ ނަޒަރުގައި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓު ކީއިރު، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޖާގަ ނުލިބުނެވެ.

ބްރެޒިލް ރޮނާލްޑޯ އޭނާގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިންގެ ނަންތައް ހާމަކުރި އިރު ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައިނުވާ އިރު މިފަހުން އައިސް، ކްރިސްޓިއާނޯ ދައްކަމުން އަންނަނީ ވަރަށް އާދައިގެ ކުޅުމެކެވެ. އަދި، މެންޗެސްޓާ ޔުނައިޓެޑްގެ ގިނަ މެޗުތަކުގައި އޭނާ އިންނަނީ ވެސް ބެންޗުގައެވެ.

ބޭރުގެ ނޫހެއް ކަމަށްވާ "ދި ގާޑިއަން" އަށް ދިން އިންޓިވިއުއެއްގައި ބްރެޒިލްގެ ރޮނާލްޑޯ ބުނީ އޭނާގެ ނަޒަރުގައި ވަރަށް ތަފާތު ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.

އެގޮތުން، މެސީ، މެރަޑޯނާ، ކްރޫއިފް، ބެކެންބާ، ޕެލޭ، ވެން ބަސްޓަން އަދި ރޮނާލްޑީނިއޯގެ ނަން އޭނާ ކިއެވެ. އެކަމަކު، އެ ލިސްޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ނެތުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އޭނާގެ ނަޒަރުގައި އެންމެ ތަފާތު ކުޅުންތެރިންގެ ނަންތައް ހާމަކުރުމަށްފަހު ރޮނާލްޑޯ ބުނީ އެ ކުޅުންތެރިން އެކަކު އަނެކަކާ އަޅާ ނުކިޔޭނެ ކަމަށާއި އެއީ ތަފާތު ޖެނަރޭޝަންތަކުގެ ކުޅުންތެރިންތަކެއް ކަމަށެވެ.

"އެ ކުޅުންތެރިން އެކަކު އަނެކަކާ އަޅައެއް ނުކިޔޭނެ. އެއް ޖެނަރޭޝަން އަނެއް ޖެނަރޭޝަނާއި އަޅައެއް ނުކިޔޭނެ" އޭނާ ބުންޏެވެ.

ބްރެޒިލް ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލަންޑޯ އެވޯޑް ދެފަހަރަށް ކާމިޔާބުކޮށްފައިވާ ހުނަރުވެރި ފޯވާޑެކެވެ. މިގޮތުން، އޭނާ ވަނީ ދެ ވޯލްޑް ކަޕާއި ދެ ލަލީގާ ވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕޮގުބާ

    ޕޯޗްގަލް މީހެއް ކުރިސްޓިއަން ރޮނާލްޑޯ އެއީ އެހެންވީމަ ބުރެޒިލް ރޯނާލްޑޯގެ ލިސްޓްގަ އޮންނަންޖެހޭތަ

  2. ަައަބޯ

    މަގޭލިސްޓުގަ ބްރެޒިލްގެ ރޮނާލްޑޯއެއްނުހިމެނޭ އެކަމުން އޭނަޔަށްވާނެ އެއްވެސް ގެއްލުމެއް އެބައޮތްތަ؟

    1
    3