އަންނަ ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕްގައި ޖެހިލުންވާވަރުގެ ޓީމެއް ނެތް ކަމަށާއި، ކޮންމެ ޓީމަކާ ދެކޮޅަށް ވެސް "ފައިޓް" ކުރާނެ ކަމަށް އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީ ބުނެފިއެވެ.

މިފަހަރުގެ ވޯލްޑްކަޕާ ކުރިމަތިލިއިރު، 2019 ވަނަ އަހަރުން ފެށިގެން އާޖެންޓީނާ އިން އަންނަނީ އެއްވެސް މެޗަކުން ބަލި ނުވެ އިޓަލީގެ ރެކޯޑް މުގުރާލުމާއި ގާތަށް އައިސްފައެވެ. އެގޮތުން އާޖެންޓީނާއިން ކުޅުނު 35 މެޗުން ބަލިވެފައެއް ނުވެއެވެ. އެންމެ ފަހުން އެ ޓީމު ބަލިވީ 2019 ގައެވެ. ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއަށް އެންމެ ފަހުން ވޯލްޑްކަޕް ކާމިޔާބުކުރެވުނީ 1986 ގައެވެ.

ޑައިރެކްޓް ޓީވީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ އާޖެންޓީނާއިން ޖެހިލުންވާ ވަރުގެ ޓީމެއް ނެތް ކަމަށާއި ސަޕޯޓަރުން ހާސް ނުވުމަށް އެދޭ ކަމަށެވެ. އަދި އާޖެންޓީނާ ޓީމެކޭ އެއްގޮތަށް އެހެން ޓީމުތަކުން ވެސް މުބާރާތާ ކުރިމަތިލާނީ ބޮޑެތި އުއްމީދުތަކާއެކު ކަމަށާއި ނަމަވެސް އާޖެންޓީނާއަށް އެއްވެސް ހާސްކަމެއް ނެތް ކަމަށް މެސީ ބުންޏެވެ.

"އަހަރެމެން ވޯލްޑްކަޕުގައި ބިރުގަންނަ އެއްވެސް ޓީމެއް ނެތް. ސަޕޯޓަރުން ގަބޫލު ކުރަން ވާނެ އަހަރެމެން ޓީމެކޭ އެއްގޮތަށް އެހެން ޓީމުތަކުން ވެސް މި މުބާރާތަށް އުންމީދު ކުރާނެކަން. އަހަރެމެން ތަށި ހޯދަން ފައިޓް ކުރާނަން. ކޮންމެ ބަޔަކާ އެކީ ކުޅެން ވިޔަސް އަހަރުމެން މިތިބީ ތައްޔާރަށް" މެސީ ބުންޏެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަމުގެ މަގާމު ހަތް ފަހަރަށް ހޯދި މެސީ ބުނީ އާޖެންޓީނާއަކީ ގިނަ ބައެއްގެ ފޭވަރިޓުން ކަމަށް ވީ ނަމަވެސް ވޯލްޑް ކަޕްގެ އެއްވެސް މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ.

ހަމައެހެންމެ، ވަރުގަދަ ފޯމެއްގައި އޮތް އާޖެންޓީނާ މި މުބާރާތާ ކުރިމަތިލާއިރު އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ އެއް ކުޅުންތެރިއަކީ މެސީ ކަމަށްވާއިރު، މި މުބާރާތް ވާނީ އޭނާގެ ހަޔާތުގައި ވެސް ކުޅޭ އެންމެ ފަހު ވޯލްޑް ކަޕަށެވެ.

އުމުރުން 35 އަހަރުގެ މެސީ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާ އެކު 2005 ވަނަ އަހަރު ޔޫތު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އޭނާ އާޖެންޓީނާގެ ރަސްމީ ޓީމަށް އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި މެސީ ކުޅުނެވެ. މީގެ ތެރެއިން 2014 ވަނަ އަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ އިތުރު ވަގުތުގައި 1-0 އިން ޖަރުމަނު އަތުންނެވެ.

މެސީ ވަނީ މިހާތަނަށް ގައުމީ ޓީމަށް ބައިނަލް އަގްވާމީ ދެ ޓްރޮފީ ކާމިޔާބު ކޮށްދީފައެވެ. އެއީ 2019 ވަނަ އަހަރު ކާމިޔާބުކުރި ކޮޕާ އެމެރިކާ މުބާރާތުގެ ތައްޓާއި 2022 ވަނަ އަހަރު އިޓަލީ ބަލިކޮށް ކާމިޔާބުކުރި ފައިނަލިސިމިއާއެވެ. މެސީ ފުޓުބޯޅައިގެ މައިދާނުގައި ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ.

އުމުރުން 35 އަހަރުގެ މެސީ ވަނީ އާޖެންޓީނާގެ 20 އަހަރުން ދަށުގެ ޓީމާ އެކު 2005 ވަނަ އަހަރު ޔޫތު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. އޭނާ އާޖެންޓީނާގެ ރަސްމީ ޓީމަށް އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި މެސީ ކުޅުނެވެ. މީގެ ތެރެއިން 2014 ވަނަ އަހަރުގެ ފައިނަލްގައި އާޖެންޓީނާ ބަލިވީ އިތުރު ވަގުތުގައި 1-0 އިން ޖަރުމަނު އަތުންނެވެ.

ބޯޅައިގެ ތަފާތު ހުނަރެއް ލިބިފައިވާ މެސީ ވަނީ ފުޓުބޯޅައިގައި އެތައް ރެކޯޑެއް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    ހާސްވާވަރުގެ ޓީމެއްނެތް ފުރަތަމަބުރުންކެޓީމަ ގައުމީޓީމަށް ކުޅުން ހުއްޓާލާނީ ދެން ބޮޑާހާކާނީ އެންމެމޮޅު ކުޅުންތެތިޔާގެ މަގާމް ހަތްފަހަރު ހޯދީ ބާސާގެ ނުފޫޒުން މިހާރު ކީވެ ނުލިބެނީ ނުކުޅެވެނީދޯ

    9
    17
  2. މައިކް

    ކުލޭތަން ފެންނާނި އައިނު އެޅީމަ ޕޮގުބާ އައިނު އަޅަންފެންނަނި

    9
    6
  3. މެސީފޭން

    ބުނަންތަ ބޮގުބާ ވާހަކައެއް..ތިވައްތަރަށް މެސީ އޭކިޔައިގެން ވާހަކަ ނުދައްކައްޗޭ

    1
    1