އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްގެ ކޯޗުކަމުގެ މަގާމަށް ސްޕެއިންގެ ހުލެން ލޮޕެޓެގީ ހަމަޖައްސައިފިއެވެ.

ލޮޕެޓެގީ އެންމެ ފަހުން ހުރީ ސްޕެއިންގެ ސެވިއްޔާގެ ކޯޗު ކަމުގެ މަގާމުގައެވެ.

ނަމަވެސް އެ ޓީމުގެ ނަތީޖާތައް ދަށް ވުމުގެ ސަބަބުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ވުލްސްގެ ކޯޗުމަކަށް ލޮޕެޓެގީ ހަމަޖެއްސިއިރު، ވަގުތީ ގޮތުން އެ ޓީމަށް އިރުޝާދު ދެމުން އަންނަނީ ސްޓީވް ޑޭވިސްއެވެ. ވުލްވްސް އިން ވެސް ވަނީ ނަތީޖާ ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗުކަމުގައި ހުރި ބްރޫނޯ ލޭޖް އޮކްޓޫބަރު މަހު މަގާމުން ވަކިކޮށްފައެވެ.

ލޮޕެޓެގީ ރަސްމީކޮށް ޓީމާ ހަވާލުވާނީ މި މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ފަހުއެވެ. އޭގެ ކުރިން ޓީމަށް އިރުޝާދު ދެމުން އަންނާނީ ވަގުތީ ކޯޗު ސްޓީވް ޑޭވިސްއެވެ.

ވުލްވްސްގެ ކޯޗުކަމުން ލޭޖް ވަކިކުރި ހިސާބުން ފެށިގެން އެ ޓީމުން އައީ ލޮޕެޓެގީ އެ މަގާމަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތަކުގައިވެއެވެ. ޕްރިމިއާ ލީގުގައި މިވަގުތު ވުލްވްސް އޮތީ ރެލިގޭޝަން ޒޯންގައެވެ. ލޮޕެޓެގީގެ އެންމެ ބޮޑު ޓާސްކަކަށް ވާނީ ވުލްވްސް ރެލިގޭޝަން ޒޯނުން ސަލާމަތް ކޮށްދިނުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޔަ

    އަހަރެންނަށް ކޮމަންޓޭޓަރު އޭނާގެ ނަން ކިޔާ އިވެނީ ލަޕޯޓޭ މިގޮތަށް