ވޯލްޑް ކަޕް މުބާރާތަށްޓަކައި ގަތަރު ރައްޔިތުން ދީން ބަދަލުކޮށް އެއް ޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭނެ ކަމަށް އެ ގައުމުގެ ހެޑް އޮފް ސެކިއުރިޓީ އަބްދުﷲ އަލް ނަސާރީ ވިދާޅުވެއްޖެއެވެ.

އަލް ނަސާރީ އެގޮތަށް ވިދާޅުވީ މުބާރާތުގައި ބައެއް ގައުމުތަކުގެ ކެޕްޓަނުން އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ކެޕްޓަން ބޭން އަޅާނެ ކަމާއި ބައެއް ސަޕޯޓަރުން އެކަން ރަމްޒުކޮށްދޭ ދިދަ ބޭނުން ކުރާނެ ކަން އަންގާފައި ވަނިކޮށެވެ.

އަލް ނަސާރީ ވިދާޅުވީ އެކަން އެގޮތަށް ކޮށް، އެކަމުގައި އެ ބައެއްގެ ޚިޔާލާއި ފިކުރު ދައްކަން ބޭނުންވާ ނަމަ، އެކަން އެގޮތަށް ކުރާ ގައުމަކަށް ގޮސް އެކަން ކުރަން އެދޭ ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި 2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގައި ހިމެނޭ ފިލިޕް ލަމް ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގަން ފުރުސަތު ނުދޭނެތީވެ ވޯލްޑްކަޕަށް ނުދާނެ ކަމަށް ބުނެފައެވެ.

"28 ދުވަހުގެ މުބާރާތަކަށްޓަކައި އަހަރެމެންގެ ދީނެއް ބަދަލެއް ނުކުރެވޭނެ. އަހަރެމެން އަބަދުވެސް އިސްކަންދޭނީ އިސްލާމްދީނަށް. ދީނާ ޚިލާފު އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއް. އެއް ޖިންސުން ގުޅުންހިންގައި އިސްލާމްދީނާ ފުށޫ އަރާ ކަންކަން ކުރާ ނަމަ އެކަންކަން ކުރެވޭ ތާކަށް ދޭ. މި ގައުމަކުން އެ ފުރުސަތެއް ނުދޭނަން،" ނަސާރީ ބުންޏެވެ.

ނަސާރީ ބުނީ އެއް ޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ދިދައެއް ނުވަތަ ރަމްޒެއް ދަނޑެއްގައި ނުވަތަ މަގެއްގައި ގެންގުޅު ކަމުގައި ވިޔަސް އެ ދިދައަކާއި އެ ރަމްޒެއް އަތުލާނެ ކަމަށެވެ.

އަލް ނާސާރީ ވިދާޅުވީ ފުޓުބޯޅަ މެޗެއްގެ ޓިކެޓު ގަންނަނީ މެޗު ބަލަން ކަމަށެވެ.

ގަތަރުގައި މަސްތުވާތެކެތި ބޭނުންކުރުމާއި ޕާޓީ ކުރުމުގެ އިތުރުން ހަލާލު ނޫން ކާއެއްޗެހި ބޭނުން ކުރުމަކީ މަނާކަމެކެވެ. އެހެންކަމުން ވޯލްޑްކަޕުގައި އެ އުސޫލަށް ގައުމަށް އަންނަ މީހުން ތަބާވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނާފިޒު

    ވަރަށް ރަނގަޅު ނާސާރީ. އެމީހުން އުޅޭނެހާގޮތަކަށް އުޅުމުގެ ފުރުސަތު ދީގެންނުވާނެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މާތްވެގެންވާ އިސްލާމްދީން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހުންނަށް ކާމިޔާބު ދެއްވާށި. ކާފަރުންގެ ނުބާ ރޭވެވުންތަކުން އަޅަމެން މުސްލިމުން ރައްކާތެރިކުރައްވާށި

    149
    4
  2. ހޫނ

    އެ ބައެއްގެ ޚިޔާލާއި ފިކުރު ދައްކަން ބޭނުންވާ ނަމަ، އެކަން އެގޮތަށް ކުރާ ގައުމަކަށް ގޮސް އެކަން ކުރަން އެދޭ ކަމަށެވެ. ވަރަށް ރަނގަޅު ވާހަކަ ކޮޅެއް. ޕާސް ދޮންނަން އެކަހަލަ ތަނަކަށް ދިޔާމަވީ

    86
    4
  3. Nymph

    ވވަރަޢް ސަޅި

    79
    3
  4. ކޮބާހީވޭ

    މި ދިވެހިރާއްޖެއަކީވެސް މުސްލިމު ޤައުމެއް. އެކަމަކު މިޤައުމުގައުމުގައި ނުކުރެވޭނެ ލާދީނީ އެއްވެސް ކަމެއްނެތް. ހުއްޓުވާނެ މީހަކުވެސްނެތް. ނުވެސްހުއްޓުވާނެ. ނިކަން ޤަޠަރުން ނަމޫނާ ލިބިގަނެބަލަ.

    109
    3
  5. އީވަލް ވެސްޓް 💥

    ސާބަސް ޤަތަރު 💝. ޗައިނާ ނަމަ މިކަހަލަ ލާދީނީ އެޖެންޑާތަކެއް ޝަރުތު ނުކުރާނެ. އެތަނެއްގެ ދިރިއުޅޭ ބަޔަކު ޤަބޫލު ކުރާ ދީނަށާއި އުސޫލުތަކާއި ކަނޑައަޅާފައި އޮންނަ ޤަވާޢިދުތަކަށް އިޙްތިރާމްކޮށް ބޯލަނަބަންވާނެ. ް

    63
    4
  6. ލޮލުން

    ސާބަސް އަސަރިބަސް👍👍👍🌙🌙🌙✅ގަތަރުގެ ހެޑް، ﷲ الله أكب

    100
    3
  7. ވިކިލީކްސް

    އަލްޙަމްދުލިއްލާހި.
    100 ޕަސަންޓު މުސްލިމް ކަމަށް ދައުވާކުރާ ދިވެހި ސަރުކާރެއް އޮތް ދިވެހިރާއްޖެ ކޮބާބާ؟
    ލަދުގަނޭ

    97
    4
  8. ކައުންސެލަރު

    ސާބަހޭ.

    84
    3
  9. 2022

    ގަތަރަށް މަވެސް ތާއިދު ކުރަން

    67
  10. Anonymous

    ތެދެއް. މިއީ ފުޓުބޯޅަ މުބާރާތެއް. އެއް ޖިންސުން ގުޅުން ހިންގާ މުބާރާތެއް ނޫން

    64
    1
  11. ގަންނި

    ފިލިމް ލަމް އަަށް: ކަލޭ ނުދިޔައިއްޔާ އެހައި ކަމެއް

    33
  12. އައްޑޫ

    ވަރަށް ދެރަ. ރީނދޫ ޕާޓީ ކުދިން ހާދަ މާޔޫސްވާނެ ހަބަރެކޭ މި

    42
    3
  13. Anonymous

    އިބުރަތެއް ނަގާ ބަލަ ސަރުކާރު

    44
  14. ހަމަ އެ އަލީ

    ވަރަށް ފުރިހަމަ ، މިތާނގަ އުޅޭނެ މިހަޖަމް ކުރަން ދަތި ބައިގަނޑެއް

    46
    1
  15. އުފާ

    މާޝާالله. މިކަހަލަ ހަބަރެއް ކިޔާލަން ލިބުނީތި الله އަށް ޙަމްދު ކުރަން. عبدالله އަލް ނަސާރީއަށް ރަޙްމަތް ލައްވާށި. ގަތަރު ސަރުކާރަށް ތިގޮތުގަ ދެމިހުރުމަށް ހެޔޮ ތަޢުފީގު ދެއްވާށި. އާމީން.
    އަޅަމެންގެ ދިވެހި ރާއްޖެއަށް ބޭނުންވަނީ ތިކަހަލަ ވެރިން.

    68
  16. Anonymous

    ﷲ ކަލެއަށް ރަޙްމަތްލައްވާށި.
    ތިޔަ ފަދަ ވަރުގަދަ ފުރިހަމަ ލޯބިވެތި ރައްދެއް ދެއްވީތީ އައްސަރިބަހާއި ސާބަސް.

    37
  17. ދަރަނި ދަންތުރަ

    ފިލިޕު ލަމް ވެސް މީ ނާސިދު ގުރޫޕު މީހެއްތަ ބޯހަލާކު ، މި މޯކުޅި ގުރޫޕު ހާދަވަރެއް އެބަހުއްޓޭ ދޯ ހަވާދު ގުދަނަށް މިއީ ކޮންކަހަލަ ބޯ ނުބައި ގުރޫޕެއްތަ ހަލާކުހުރި ކަލޭމެނަން

    21
  18. ކޭ

    ފުރަތަމަވެސް ތިފުޓުބޯޅައެއްގެ ފޯރީގައި ލަނޑެއް ޖަހާ ކޮންމެފަހަރަކު އޮޅުލައިގަނެގެން ގޮސް އެކެއްގެ މޫނު އަނެއްމީހާގެ މޫނުގައި ހާކާ ހިސާބަށްދޭ ބޮޑެތިސިންގާ ފިރިހެނުން ދެން އެކަހަލަ ކަމަކަށް ނޫންތޯ އެ ފަހިވަނީ.

    10
    5
  19. ކަރަކަ

    މާތްﷲ މިފަދަ މުސްލިމް ލީޑަރުން ނައް ނަސްރު ދެއްވާ ކާމިޔާބާއި ފަލާހް މިންވަރުކުރައްވާށި. ޢަލްހަމްދުލިﷲ.
    ބުނެދޭންނޭންގޭހާއުފާވެއްޖެ.

    19
    • ޢަހުމަދުވަގާރު

      އެކަމަކު ނުދެއްވައެއް ނު.ކާފަރުން އަސްލު ތި ގައުމަށް އަރުވައިގެން ވެސް ނުވާނެ އެއްނު

  20. އަސް

    ﷲ އަކްބަރު.

    16
  21. ނާފިޒް

    ސާބަސް . މާތް ﷲ ގެ މަގުގައި ފައިތިލަ ސާބިތުކުރުމުގަ އާއި ﷲ ގެ ދީނަށް ނަޞްރު ދިނުމުގައި ޤަތަރުގެ ވެރީންނަށް ސާބިތުކަން ދެއްވާށި . އާމީން

    20
  22. ފަޓާސް

    "އެ ބައެއްގެ ޚިޔާލާއި ފިކުރު ދައްކަން ބޭނުންވާ ނަމަ، އެކަން އެގޮތަށް ކުރާ ގައުމަކަށް ގޮސް އެކަން ކުރަން އެދޭ ކަމަށެވެ. ވަރަށް ރަނގަޅު ވާހަކަ ކޮޅެއް. ޕާސް ދޮންނަން އެކަހަލަ ތަނަކަށް ދިޔާމަވީ" މިފަދަ ޢަޒުމެއްހުރި ވެރިން އަހަރެމެން ދިވެހިން ބޭނުންވަނީ. އެކަމަކު މިވާހަކައަކީ މިއަދުގެ ދިވެހިސަރުކާރަށް މިސަރުކާރުގެ މިނިސްޓަކަށްވެސް ހަޖަމު ކުރެވޭވަރުގެ ވާހަކައެއްނޫން.

    18
  23. ހަފީޒު

    މިތާނގަ ނަމަ ދީން ވެސް ބަދަލުކުރީސަ

    4
    1