ދެހާސް ސޯޅަ ވަނަ އަހަރުގެ ގޯލްޑަން ބޯއީ މަގާމް ހާސިލްކުރި އެޓީމަށް އެންމެ މުހިއްމު ލަނޑު ޖަހައިދިން ރެނާޓޯ ސަންޗޭޒް ބާކީ ކޮށް ޕޯޗުގަލް ގައުމީ ޓީމުގެ ސްކޮޑު އިއުލާންކޮށްފިއެވެ.

ޕޯޗުގަލްގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާން ކުރިއިރު، މި ސްކޮޑުން ފުރުސަތު ލިބިފައިނުވާ މުހިންމު ކުޅުންތެރިންނަކީ ޕީއެސްޖީ އަށް ކުޅޭ ސަންޗޭޒް އާއި ވުލްސް އަށް ކުޅޭ ޖާއޯ މޮޓީނިއޯގެ އިތުރުން އަނިޔާގައި ހުރި ލިވަޕޫލަށް ކުޅެމުން އަންނަ ޑިއޭގޯ ޖޮޓާއަށެވެ.

ސަންޗޭޒް ސްކޮޑުގައި ހިމަނާފައި ނުވާތީ، މީސް މީޑިއާގައި ޕޯޗުގަލްގެ ގިނަ ސަޕޯޓަރުން އަންނަނީ ފާޑު ކިޔަމުންނެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ސަންޗޭޒް ހުރިއިރު، އޭނާ އިއްޔެ ކުޅުނު މެޗުގައި ވެސް ވަނީ ޕީއެސްޖީއަށް ގޯލެއް ޖަހައިދީފައެވެ.

ސަންޗޭޒް އަކީ 2016 ވަނަ އަހަރުގެ ޔޫރޯ ތަށި ޕޯޗުގަލް ޓީމަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރި ކުޅުންތެރިޔާއެވެ. ފައިނަލް މެޗުގައި އޭނާ ގޯލު ޖެހީ މެޗު ނިމެން މަދު މިނެޓު ކޮޅަކަށް ވެފައި ވަނިކޮށެވެ.

ވޯލްޑް ކަޕްގައި މިހާތަނަށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ވާސިލްވެވިފައި ނުވާ ޕޯޗުގަލް މި އަހަރުގެ މުބާރާތަށް ކޮލިފައިވީ ވެސް، ގްރޫޕް މަރުހަލާ ކާމިޔާބު ނުކުރެވި ޕްލޭ-އޮފް ކުޅެގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުން ވަރަށް ގާތެވެ.

ޕޯޗުގަލް ފައިނަލް ސްކޮޑުގައި ހިމެނުނު 26 ކުޅުންތެރިން

ކީޕަރުން: ޑިއޭގޯ ކޮސްޓާ (އެފްސީ ޕޯޓޯ)، ރޫއީ ޕެޓްރިސިއޯ (އޭއެސް ރޯމާ)، ހޯސޭ ސާ (ވޮލްވަހެމްޕްޓަން ވަންޑަރާސް)

ޑިފެންޑަރުން: ޖޯއާއޯ ކެންސެލޯ (މެންޗެސްޓާ ސިޓީ)، ރޫބެން ޑިއާސް (މެންޗެސްޓާ ސިޓީ)، ޑިއޯގޯ ޑަލޮޓް (މެންޗެސްޓާ ޔުނައިޓެޑް)، ރަފައެލް ގުއެރޭރޯ (ބޮރޫޝިއާ ޑޯޓްމަންޑް)، ނޫނޯ މެންޑޭސް (ޕީއެސްޖީ)، ޕެޕޭ (ޕޯޓޯ)، ޑެނިލޯ ޕެރޭރާ (ޕީއެސްޖީ)، އެންޓޯނިއޯ ސިލްވާ ( ބެންފިކާ)،

މިޑްފީލްޑަރސް: ވިލިއަމް ކާވަލްހޯ (ރިއަލް ބެޓިސް)، ބްރޫނޯ ފަނާންޑޭސް (މެންޗެސްޓާ ޔުނައިޓެޑް)، ޖާއޯ މާރިއޯ (ބެންފިކާ)، އޮޓާވިއޯ މޮންޓެއިރޯ (ޕޯޓޯ)، ރޫބެން ނެވޭސް (ވޮލްވަރހެމްޕްޓަން ވަންޑަރސް)، މަތީއަސް ނޫނެސް (ވޮލްވަރހެމްޕްޓަން ވަންޑަރސް)، ޖާއޯ ޕަލްހިންހާ (ފުލްހަމް)، ބާނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ވިޓިންހާ (ޕީއެސްޖީ)

ފޯވާޑުން:: ޖާއޯ ފެލިކްސް (އެޓްލެޓިކޯ މެޑްރިޑް)، ރިކާޑޯ ހޯޓާ (ބްރާގާ)، ރަފައެލް ލިއާއޯ (އޭސީ މިލާން)، ގޮންސާލޯ ރާމޯސް (ބެންފިކާ)، ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)، އަންޑްރޭ ސިލްވާ (އާރުބީ ލައިޕްޒިގް)