ޕޯޗުގަލް މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވީ ގްރޫޕް މަރުހަލާ ކާމިޔާބު ނުކުރެވި ޕްލޭ-އޮފް ކުޅެގެންނެވެ. ޕޯޗުގަލް އަށް މިހާތަނަށް މި މުބާރާތުގެ ތަށި އެންމެ ފަހަރަކު ވެސް ކާމިޔާބެއް ނުކުރެވެއެވެ. އެހެންނަމަވެސް މި އަހަރުގެ މުބާރާތަށް އެޓީމު އޮތީ ވަރުގަދަ ސްކޮޑަކާ އެކުއެވެ.

މިއަހަރުގެ މުބާރާތުގައި ޕޯޗުގަލް އިން އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވާނެ ކުޅުންތެރިޔަކީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް ރެކޯޑް ހަދާފައިވާ ރޮނަލްޑޯ ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް މީޑިއާ ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ފީފާ ރޭންކިން: 9

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 7
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1966
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: 3 ވަނަ 1966، 4 ވަނަ 2006

ކޯޗު: ފެނާންޑޯ ސަންޓޯސް

ޕޯޗުގަލްގެ މަޝްހޫރު ކްލަބްތަކަށް ކޯޗުކޮށްދިން ފެނާންޑޯ ސަންޓޯސް ވަނީ ގްރީސް އަށް ވެސް ކޯޗުކޮށްދީފަ އެވެ. އޭނާ ޕޯޗުގަލްއާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. ސަންޓޯސްގެ ކޯޗުަކަމުގައި ޕޯޗުގަލް އިން ބޮޑު ކުރިއެރުންތަކެއް ހޯދި އެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާުބުކުރިއިރު، ޓީމު ރޭވުމުގައި ސަންޓޯސް ވަނީ ތަޖުރިބާގެ ބޭނުން ރަނގަޅަށް ކޮށްފަ އެވެ. އަދި 2019 ވަަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ޕޯޗުގަލް އިން ހޯދިިއިރު، ސަންޓޯސް ވަނީ ރަނގަޅު ނިންމުންތަކެއް ނިންމައިފަ އެވެ.

އެންމެ މުހިއްމު ކުޅުންތެރިޔާ: ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. މިހާރު ޕޯޗުގަލް ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އަކީ މޮޅު ކުޅުންތެރިންތަކެއް ނެރެފައިވާ ގައުމެކެވެ. ޔުސޭބިއޯ އާއި ލުއިސް ފީގޯ އާއި ރުއި ކޮސްޓާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި ކުޅުންތެރިންނަށް ވުރެ ރޮނާލްޑޯ އުޅޭނީ މާ ކުރީގަ އެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށުމަށް ފަހު، މެންޗެސްޓާ ޔުނައިޓަޑާއި ރެއާލް މެޑްރިޑަށް ވެސް ކުޅެފައިވާ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރު އެވެ. މި ވަގުތު ދަށް ފޯމެއްގައި ހުއްޓަސް، ޕޯޗުގަލްއަށް 191 މެޗުން 117 ލަނޑު ޖަހާ ރެކޯޑް ހަދާފައިވާ، ކެޕްޓަން ރޮނާލްޑޯ ވޯލްޑް ކަޕްގައި ތަފާތު ދެއްކުމަކީ ވަރަށް ވެސް ގާތްކަމެކެވެ. މި ވޯލްޑް ކަޕަކީ މިހާރު އުމުރުން 37 އަހަރުގެ ރޮނާލްޑޯގެ އެންމެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް ގާތެވެ.

ޕޯޗުގަލް ފައިނަލް ސްކޮޑުގައި ހިމެނުނު 26 ކުޅުންތެރިން

ޕޯޗުގަލްގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާން ކުރިއިރު، މި ސްކޮޑުން ފުރުސަތު ލިބިފައިނުވާ މުހިންމު ކުޅުންތެރިންނަކީ ޕީއެސްޖީ އަށް ކުޅޭ ސަންޗޭޒް އާއި ވުލްސް އަށް ކުޅޭ ޖާއޯ މޮޓީނިއޯގެ އިތުރުން އަނިޔާގައި ހުރި ލިވަޕޫލަށް ކުޅެމުން އަންނަ ޑިއޭގޯ ޖޮޓާއަށެވެ.

ކީޕަރުން: ޑިއޭގޯ ކޮސްޓާ (އެފްސީ ޕޯޓޯ)، ރޫއީ ޕެޓްރިސިއޯ (އޭއެސް ރޯމާ)، ހޯސޭ ސާ (ވޮލްވަހެމްޕްޓަން ވަންޑަރާސް)

ޑިފެންޑަރުން: ޖޯއާއޯ ކެންސެލޯ (މެންޗެސްޓާ ސިޓީ)، ރޫބެން ޑިއާސް (މެންޗެސްޓާ ސިޓީ)، ޑިއޯގޯ ޑަލޮޓް (މެންޗެސްޓާ ޔުނައިޓެޑް)، ރަފައެލް ގުއެރޭރޯ (ބޮރޫޝިއާ ޑޯޓްމަންޑް)، ނޫނޯ މެންޑޭސް (ޕީއެސްޖީ)، ޕެޕޭ (ޕޯޓޯ)، ޑެނިލޯ ޕެރޭރާ (ޕީއެސްޖީ)، އެންޓޯނިއޯ ސިލްވާ ( ބެންފިކާ)،

މިޑްފީލްޑަރސް: ވިލިއަމް ކާވަލްހޯ (ރިއަލް ބެޓިސް)، ބްރޫނޯ ފަނާންޑޭސް (މެންޗެސްޓާ ޔުނައިޓެޑް)، ޖާއޯ މާރިއޯ (ބެންފިކާ)، އޮޓާވިއޯ މޮންޓެއިރޯ (ޕޯޓޯ)، ރޫބެން ނެވޭސް (ވޮލްވަރހެމްޕްޓަން ވަންޑަރސް)، މަތީއަސް ނޫނެސް (ވޮލްވަރހެމްޕްޓަން ވަންޑަރސް)، ޖާއޯ ޕަލްހިންހާ (ފުލްހަމް)، ބާނާޑޯ ސިލްވާ (މެންޗެސްޓާ ސިޓީ)، ވިޓިންހާ (ޕީއެސްޖީ)

ފޯވާޑުން:: ޖާއޯ ފެލިކްސް (އެޓްލެޓިކޯ މެޑްރިޑް)، ރިކާޑޯ ހޯޓާ (ބްރާގާ)، ރަފައެލް ލިއާއޯ (އޭސީ މިލާން)، ގޮންސާލޯ ރާމޯސް (ބެންފިކާ)، ކްރިސްޓިއާނޯ ރޮނާލްޑޯ (މެންޗެސްޓާ ޔުނައިޓެޑް)، އަންޑްރޭ ސިލްވާ (އާރުބީ ލައިޕްޒިގް)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޝައުޤެއް ނެތް. މިފަހަރު ވަރަށް ހިތި ބައްޔަކުން ބަލިވާނެ ކަމަށް މި ބަލަނީ މި ވޯލްޑްކަޕުގައި. އެކަށީގެންވާ ރަނގަޅު ކުޅުންތެރިންނެއް ނެތް.
    އަމުދުން ދިވެހީންގެ ކަރަށް ރާ އެޅި ބަޔަކަށް ސަޕޯޓުކުރަން ޖެހޭތަ؟ ނުޖެހޭނެކަން ކަށަވަރު. .

    4
    4
    • އެކި

      ކަލޭ ޝައުޤުނެތަސް އެއީ މައްސަލައެއް ނޫން. ހިތި ބައްޔަކުން ބަލިވާނެ ކަލޭ ސަޕޯޓްކުރާ ޓީމް.

      4
      2
      • Anonymous

        ކަލޯ މަ ސަޕޯޓުކުރާ ބަޔަކު ކަލެއަށް ނޭނގެނީސް ތިޔަހެން ތިޔަބުނީ ކަލޭގެ ހުރި މޮޔަކަން ނޫން ކޮން ކަމެއް!
        ދިވެހީންގެ ދީން ބަދަލުކުރަން މަސައްކަތްކޮށް ދިވެހީންގެ ކަރަށް ރާއެޅި ބަޔަކަށް އަހަރެން ވެސް އަދި ޤައުމިއްޔަތެއް ހުރި އެއްވެސް ދިވެއްސަކު ސަޕޯޓެއް ނުކުރާނެމ

        3
        2
    • Portugal won

      ދިވެހިން ގެ ކަރައް ރާ އެޅި ރޮނާލްޑޯ އެއް ނޫނޭ .
      މާ ފާޑު ފާޑައް ޕޯޗުގަލް އާ ނުބެހެއްޖޭ
      (Portugal won)

      5
      2