އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ކްރިސަޓަލް ޕެލަސް ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.

ކްރިސްޓަލް ޕެލަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސީޓީން މެޗު ކޮންޓްރޯލުކޮށްގެން ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ފޯވާޑް އާލިން ހާލަންޑަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

މިހާރު ތާވަލުގެ ބާރަ ވަނައިގައި އޮތް ކުރިސްޓަލް ޕެލަސް އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެގޮތުން އެންމެ ހަމަލާއެއް ވެސް ސިޓީ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.

ދެ ޓީމު ކުރެ ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފް ނިމިގެން ދިޔަ ނަމަވެސް ދެވަނަ ހާފްގައި ސިޓީން ވަނީ އެ ޓީމުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްފައެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން މި ލަނޑު ކާމިޔާބުކޮށްދިނީ ހާލަންޑްއެވެ.

މި މޮޅާއެކު ސިޓީއިން ވަނީ އެއްވަނައިގައި އޮތް އާސެނަލްއާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ސިޓީ ކުޅުނު 26 މެޗުން 63 ޕޮއިންޓާއެކު އާސެނަލް އެއްވަނައިގައި އޮތްއިރު ކުޅުނު 27 މެޗުން ލިބުނު 61 ޕޮއިންޓާއެކު މެންޗެސްޓަ ސިޓީން އޮތީ ތާވަލުގެ ދެވަނައިގައެވެ.