އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީގެ މެމްބަރު ކަމަށް ރާއްޖޭގެ ބޭފުޅަކު އައްޔަނުކޮށްފި އެވެ.

އެ މަގާމަށް އައްޔަނު ކުރެއްވީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ސެކެޓްރީ ޖެނެރަލް ހުސެއިން ޖަވާޒް (ޖަވާ) އެވެ.

ޖަވާ އޭއެފްސީގެ މެމްބަރު ކަމަށް އައްޔަނުކުރެއްވުމުން އޭއެފްސީގައި މި އަހަރުން ފެށިގެން 2027 އަށް މަސައްކަތް ކުރައްވާނެ އެވެ.

ޖަވާއަކީ ރާއްޖޭގެ ފުޓްބޯޅައިގައި ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.

އެފްއޭއެމްގެ ރައީސްކަމަށް 2016 ވަނަ އަހަރު ބައްސާމް އިންތިޚާބުވުމަށްފަހު އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ ޒިންމާތަކާ ހަވާލުވެވަޑައިގަތީ ޖަވާއެވެ. އޭގެ ކުރިން 2014 ވަނަ އަހަރުވެސް ޖަވާ އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމު ފުރުއްވިއެވެ.

ޖަވާ އޭއެފްސީގެ މެމްބަރަކަށް އައްޔަނުކުރެއްވި އިރު އޭއެފްސީ ގެ އެގްޒެކްޓިވް ކޮމިޓީ އަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މި އަހަރު ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޝް

    ވަރަށް ބޮޑާ ކިބުރުވެރި ބޭފުޅެއް.

  2. އަސްލަމް

    މިމީހުން ބަނޑު ފުރަން. ރެފްރީންގެ ފައިސާކޮޅު ކޮބާހޭ. އެތައް އަހަރެއްވަނީ ރެފްރީއަކަށް ލޯލާރިއެއް ެެެއްވެސް ނުދޭތާ.އ

  3. އަންހެނުން

    ޖަވާގެ އަންހެނުންނަށް ކޮން ވަޒީފާއެއްބާ؟ ހެހެހެ އެފްއޭ އެމްގަ ވެސް ވަޒީފާއޮވޭ އަންހެނުންގެ ދެއްތޯ؟