މިރޭ އައްޑޫސިޓީގައި ފަށާ "ނެސޯ" ވަގުތު ފުޓްސަލް ޗެލެންޖު 2023ގެ ހުޅުވާ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ އާއި އެފްސީ މޫލެކެޑެ ވާދަކުރަން ޖެހިއްޖެއެވެ.

އެންމެ ފަހުން 2020ވަނަ އަހަރު އުސްގަނޑަ ޗެމްޕިއަންކަން ހޯދީ އައްޑޫ ހިތަދޫގައި ކުޅުނު "ވަގުތު" ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި 0-1ގެ ނަތީޖާއަކުން މައިލޯ ސިޓީއެފްސީ ބަލިކޮށްގެންނެވެ. އެފްސީ އުސްގަނޑަ ޓީމުން ފެންނާނެ ކަމަށް ބެލެވޭ ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ފުޓްސަލްގައި އަރަމުން އަންނަ ތަރި ސާމިން މުހައްމަދު ނަސީރު ހިމެނެއެވެ. އަދި ފުޓްސަލް ލެޖެންޑް މުހައްމަދު އައްޒާމްގެ އިތުރުން އިބްރާހިމް މަހުދީ ހިމެނެއެވެ. ހަމައެހެންމެ ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ކިންގް އަޔާޒް އަހުމަދު ވެސް ފެންނާނީ އުސްގަނޑަ ޓީމުންނެވެ. އަޔާ އަކީ އެންމެ ފަހުން ބޭއްވުނު ވަގުތު ފުޓްސަލް ޗެލެންޖުގެ ވެސް ކިންގް އެވެ.

މޫލެކެޑެ އެފްސީ ވަނީ 2019 ވަނަ އަހަރު ވަގުތު ފުޓްސަލް މުބާރާތުގައި ވާދަކޮށްފައެވެ. މިފަހަރު މުބާރާތަށް މޫލެކެޑެ އެފްސީ އިން ވެސް ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލައިފައެވެ. ޖުމުލަ 12 ޓީމާއެކު މި މުބާރާތް ކުރިއަށް ގެންދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ގިނައިން ޕޮއިންޓް ލިބޭ ދެ ޓީމަކަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ. މެއި 4 ގައި ފަށާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 20:30ގައެވެ. ގުރޫޕް ސްޓޭޖުގެ މެޗުތައް މެއި 12ގައި ނިމޭއިރު، މުބާރާތުގެ ފައިނަލް އޮންނާނީ މެއި 17ގައެވެ.

ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި މުބާރާރުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ އާއި އެފްސީ މޫލެކެޑެއެވެ. މި މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ އެފްސީ އުސްގަނޑަ، ޑީސީ ސްޕޯޓްސް، ހޯދަނޑު ސްޕޯޓްސް ކުލަބު، ޔުނައިޓެޑް މައިލޯ، އެފްސީ މޫލެކެޑެ އަދި ޓޮޕް ބްރަދާސްއެވެ. މުބާރާތުގެ ގުރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ، މައިލޯ ސިޓީ އެފްސީ، އެފްސީ ބޭރުމަތި، ފްރެންޑްސް ކުލަބު، އާރް އޯ ޔޫ ޔުނައިޓެޑް، އޮޑައްސައު ރެކްރިއޭޝަން ކުލަބު އަދި އެފްސީ ޒެފެއާއެވެ.

ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، ކުރިއަށް އޮތް މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ" އެވެ. މޭޖާ ސްޕޮންސަރަކީ "ވީބީ" އެވެ. ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ސްޕޯޓްސް ޕާޓްނަރަކީ "ސޮނީ ސްޕޯޓްސް" އެވެ. އަދި ކޯ ސްޕޮންސަރަކަށް "ބެސްޓް ބައި މޮބައިލް" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"އެވެ.

މި އަހަރުގެ މުބާރާތުގައި ވެސް ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ދިން އަދަދުތަކެވެ. އެގޮތުން މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު" އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އިރު، މި މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ.