ރެލިގޭޓްވި ލެސްޓާ ސިޓީގެ މިޑްފީލްޑަރު ޔޫރީ ޓިއެލަމަންސް އެސްޓަން ވިލާ އަށް ބަދަލުވާން ނިންމައިފިއެވެ.

ބެލްޖިއަމްގެ ގައުމީ ޓީމުގައި ހިމެނޭ ޓިއެލަމަންސް 26، އެސްޓަން ވިލާ އަށް ބަދަލުވާނީ ލެސްޓާ ސިޓީއާ އެކު ހެދި އެއްބަސްވުން ހަމަވުމުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.

ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓަ ސިޓީގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޓިއެލަމަންސް ހޯދަން މީގެކުރިން އާސެނަލް، މެންޗެސްޓާ ޔުނައިޓެޑް، އަދި އިޓަލީގެ ރޯމާ އިން މަސައްކަތް ކުރި ކަމަށްވެއެވެ. މިއީ އަންނަ ސީޒަނަށް ތައްޔާރުވަމުން އަންނަ އެސްޓަން ވިލާ އިން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

ޓިއެލަމަންސް ލެސްޓާ ސިޓީ އާ ގުޅުނީ 2019 ގައެވެ. އޭނާ ވަނީ ލެސްޓާ ސިޓީއާ އެކުގައި 2021 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި ލެސްޓާ ސިޓީ އަށް ކުޅެދިން 195 މެޗުގައި ޓިއެލަމަންސް ވަނީ 28 ގޯލް ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރޭގައި ލެސްޓާ ސިޓީ އެންމެ ފަހުން ކުޅުނު އެފްއޭ ކަޕް ފައިނަލް މެޗުގައި ޖެހި ލަނޑު ވެސް ހިމެނެއެވެ.

ޓިއެލަމަންސް، ލެސްޓާ ސިޓީއާ އެކު ހެދި އެއްބަސްވުން އާ ނުކުރާތީ އޭނާ ވާނީ ފްރީ އެޖެންޓަކަށެވެ.