އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ރައީސް އޮފީހުން ހޯދައިފިއެވެ.

27 ޓީމާ އެކު މިމަހުގެ އަށް ވަނަ ދުވަހު ފެށި މުބާރާތުގެ ފިރިހެން ބައިގެ ތަށި އެމްޕީއެލްއިން ހޯދީ ފައިނަލުގައި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު ބަލިކޮށްގެންނެވެ. އަންހެން ބައިގެ ތަށި ރައީސް އޮފީހުގެ ޓީމް ހޯދީ ފައިނަލުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޓީމް ބަލިކޮށްގެންނެވެ.

ފިރިހެން ބައިގެ ފައިނަލު އެމްޕީއެލް އިން ކާމިޔާބުކުރީ 2-1 އިންނެވެ. ފުރަތަމަ ގޭމުގައި ކަސްޓަމްސްގެ ހުސައިން ފަޔާޒު އާއި ޔޫސުފް ޒުބެއިރުގެ ޕެއާ ވަނީ އެމްޕީއެލްގެ އަބްދުﷲ އަފީފް އާއި މުހައްމަދު ދުންޔާޒްގެ ޕެއާ 7-2 ފްރޭމުން ބަލިކޮށްފައެވެ. ދެ ވަނަ ގޭމު އެމްޕީއެލްގެ މުންތަސިރު އާއި ސައްމާންގެ ޕެއާއިން ކާމިޔާބުކުރީ ކަސްޓަމްސްގެ އާދަމް ސޮލާހު އާއި ހިޝާމް މަޖީދުގެ ޕެއާ އަތުން 7-1 އިންނެވެ.

ސް ޓީމް ވާދަކުރި އަންހެން ބައިވެސް މި އަހަރު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. ފައިނަލުގައި އެއާޕޯޓްސް ކޮމްޕެނީ ބަލިކޮށް ޗެމްޕިއަންކަން ރައީސް އޮފީހުން ހޯދީ ވާދަވެރި ކުޅުމަކަށްފަހު 2-1 އިންނެވެ. އަންހެން ޑިވިޝަންގެ ޓީމް އިވެންޓުގައި ކުޅެނީ ތިން ސިންގަލްސް މެޗެވެ. ފައިނަލްގެ ފުރަތަމަ ސިންގަލްސްގައި ރައީސް އޮފީހުގެ އާމިނަތު ނަދާ ވަނީ އެއާޕޯޓްސްގެ އައިޝަތު މަލީޝާ 6-4 ފްރޭމުން ބަލިކޮށްފަ އެވެ. ދެ ވަނަ ސިންގަލްސްގައި ރައީސް އޮފީހުގެ ފަގީހާ އިބްރާހިމް ވަނީ އެއާޕޯޓްސްގެ އާދިލާ އާދިލް 6-3 އިން ބަލިކޮށްފައެވެ.

އަންހެން ބައިގެ ތިން ވަނަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މިއަހަރުވެސް ހޯދީ މުހައްމަދު ދުންޔާޒު އެވެ. އަދި އަންހެން ސިންގަލްސް ތަށި ހޯދީ ކަސްޓަމްސްގެ އާމިނަތު ހަލީމް (ދިލް) އެވެ.