އެފްއޭއެމް ހިންގުމުގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމްއަދީލް ޖަލީލް ފެއިލްވެއްޖެ ކަމަށް ކުރީގެ ގައުމީ ފުޓްބޯޅަ ޓީމްގައި ކުޅެގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި އިސް ދައުރެއް އަދާކުރި ސޮބާހު މުޙައްމަދު ބުނެފިއެވެ.

ސޮބާހު މިފަދައިން ވިދާޅުވިއިރު، މި ބައްދަލުވުމުގައި ބައިވެރިވި އެހެން ފަރާތްތައްވެސް ވަނީ ބައްސާމްެގެ ލީޑަރޝިޕަށް ފާޑުކިޔާފައިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީވެސް އެފްއޭއެމްގެ މާލީ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައިއެވެ.

"ދިވެހި ރައްޔިތުންނެއް ބޭނުމެއް ނުވޭ ބައްސާމްއެއް. ބައްސާމް އޯލްރެޑީ ފެއިލްވެއްޖެ ތަކުރާރުކޮށް. ބައްސާމްއަކަށް މިކަމެއް ނުކުރެވުނު. އަދި ބައްސާމްގެ ދެން ދަށުން ތިިބި މީހުންނަކަށްވެސް މިކަމެއް ނުކުރެވުނު." ސޮބާހު ބުނެފައިވެއެވެ.

މީގެ އިތުރަށްވެސް އޭނާ ވަނީ ފުޓްބޯޅައާއި ގުޅުންހުރި އެންމެހާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މީޑިއާގެ ޒިންމާ ފުޅާ ކުރުމަށްވެސް ޚިޔާލު ހުށަހަޅާފައިއެވެ.

ސޮބާހުގެ އިތުރަށް ކުރީގެ ފުޓްބޯޅަ ކޮމަންޓޭޓަރު އަދި ނޫސްވެރިޔާ އިމާދް ލަތީފް ވެސް ވަނީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރަން ޖެހޭ ކަމަށް ބުނެފައިއެވެ.

ރޭ ޝީ ބިލްޑިންގުގައި ފެށި މި ކެމްޕޭނުގައި ކުރީގެ ކުޅުންތެރިންނާއި ފުޓުބޯޅައިގެ ތަޖުރިބާ ކާރުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތް ލީޑް ކުރައްވަން، ކުރީގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ) ވަނީ އިސްނަންގަވާފައެވެ.

 

މި އިވެންޓްގައި ރާއްޖޭގެ ފުޓްބޯޅަ ދާއިރާގައި މަސައްކަތްކުރި ވަރަށް ބައިވަރު ފަރާތްތައް ބައިވެރިވެފައިވެއެވެ. މި އިވެންޓްގައި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި، ކޯޗުން އަދި ކުޅިވަރު ޚަބަރުތައް ލިޔާ ނޫސްވެރިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގައި މި އެންމެ ފަރާތްތައް ބައިވެރިވީއިރު، ފުރަތަމަ ޑިވިޝަންއަށް ކުޅޭ އެއްވެސް ފުޓްބޯޅަ ކްލަބަކުން ބައިވެރިވެފައިވާ ކަމަށް ނުބެލެވެއެވެ.

ބައެއް ބައިވެރިން ވަނީ ކްލަބްތަކުން ފުޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިއެވެ.

 

ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް މާލީ ގޮތުން އެކަށޭނަ މިންވަރަކަށް ރިވާޑް ކުރެވިފައިވާ ނުވާ ކަން މި ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ސްޕެއިން ފަދަ ވިލާތުގެ ގައުމުތަކުން އެފަދައިން އަމަލުކުރާ ކަން ފާހަގަކޮށްފައިވެއެވެ.

 

"ސޭވް އެފްއޭއެމް" ކެމްޕެއިން ވުޖޫދުވީ ދާދި ފަހުން އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކަޓައި، އެފްއޭއެމްގެ ހިންގުން ގޯސް ފައްތަރެއްގައި އޮވެ، ދިވެހި ފުޓްބޯޅަ ބޮޑު ވެއްޓުމަކާ ކުރިމަތިލާން ޖެހިފައިވާ މަންޒަރު ފެންނަމުންދާތީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮޑުހޮޓާ

    ހޮޓާހޮޓަލަށް ވަދެ ޒުވާބުކޮށް މަގުމަތީގައި އައުގުރާނު ގޮވާ މީހުންނަކަށް އަކަޔަންބޯ ހެދިފައި އަނގަތެޅިޔަކަސް ތަންތަނެއް ނުހިންގޭނެ. އާންމުކޮށް ފާޑުކިޔަން ނުކުމެ ތިއްބާ މިފެންނަނީވެސް އެފާޑުގެ މީހުން. އަދި މިހާރު ތިކަމާ ހަވާލުވެގެން ތިބީވެސް އަކަޔަންބޯ ހެދިފައި ތިބި ބަޔެއް.

  2. ކުޑަހުވަދޫގެ ދަރި

    އެފްއޭއެމްގެ ވެރިންފެއިލްވީއަކީނޫ އަމިއްލައެދުމައިންކުރިޔަށްދާންބޭނުންވާބައެއްތިއީ