ދެހާސް އެކާވީސް ވަނަ އަހަރު މަޝްހޫރު ވިޔާފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ދައުވަތަކަށް ކުރެއްދޫ ރިސޯޓުގައި ކުޅެވުނު އެކުވެރި ކަމުގެ މެޗުގައި ލިބުނު 1.1 މިލިއަން ރުފިޔާ އެފްއޭއެމްގެ އެހެން ކަންކަމަށް ބޭނުން ކުރި ކަމަށް އެއްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އެފައިސާ ކުޅުންތެރިންނަށް ލިބުން ލަސްވީ ފައިސާ ޖަމާވި އިރު އެފްއޭއެމް "ފައިނޭންޝިއަލް ޑިފިކަލްޓީސްތަކެއް" ހުރުމުން އެފައިސާ ބޭނުން ކުރުމުން ކަމުގައެވެ. އެހެން ނަމަވެސް ކުރިން އެފައިސާ ހުރި ކަމަށާއި ބައެއް ކުޅުންތެރިންނަށް ފައިސާ ދިން ކަމަށްވެސް ވިދާޅުވެފައެވެ.

ކުރެއްދޫގައި ކުޅުނު މެޗަށް ފަހު އެފްއޭއެމްގެ ރައީސްގެ ބައްސާމް ގެ ފަރާތުން އުއްޗު އަށް ޖޯޒީއެއް ހަވާލު ކޮށްދެއްވަނީ: ފޮޓޯ: އެފްއޭއެމް

2021 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ކުޅުނު މި މެޗުގައި އުއްޗު ސީދާ ދެއްވި 500،000ރ. އާއި އެސްޓީއޯ އިން ދިން 500،000ރ. އާއި ދިރާގުން ދިން 100،000ރ. އަދި ވިލާ ޓްރެވަލްސް އިން ދޭން ބުނި 100،000ރ. ހިމެނެއެވެ. އެހެން ނަމަވެސް ވިލާއިން ދޭން ޖެހޭ ފައިސާ އަދި ވެސް ދީފައި ނުވާކަމަށް ބައްސާމް ވިދާޅުވިއެވެ.

މެޗަށް ފަހު އެއީ އެފްއޭއެމްއަށް ދެއްވި ފައިސާ ކަމަށާއި އެފްއޭއެމުން އެފައިސާއަށް ކަން ކުރަންވީ ގޮތް ނިންމުމަށް އުއްޗު ވިދާޅުވި ކަމުގައި ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން އޭރު ނިންމީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެފައިސާ ބެހުމަށެވެ. ނަމަވެސް އެ ފައިސާ ދިނުން ލަސްވީ، އެ މެޗުން ލިބޭނެ ކަމަށް ބުނި ޖުމުލަ ފައިސާ ލިބުން ލަސްވުމުގެ އިތުރަށް، އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން އެ ފައިސާ އިން އެހެން ހަރަދުތައް ކުރުމުން ކަމުގައި ބައްސާމް ވަނީ ވިދާޅުވެފައެވެ.

މިހާރު އޭގެއިން ބޮޑު ބައެއް ކުޅުންތެރިންނަށް ޖަމާކޮށްފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ލ. ގަމުގައި ކުޅުނު މެޗުގައި ކުޅުނު ބައެއް ކުޅުންތެރިންނަށް ވަނީ އެ ފައިސާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަލާ

    ކޮރަޕްޝަން ރީތިކޮށް ވަދެފައި. އިސްތިއުފާ ދޭންޖެހޭ

    16
    1
  2. ގަލަން

    ބުނެއުޅޭ ތިޔަތަނައްލިބޭ ރުފިޔާތައް އަމިއްލަ ދަތުރު އެޅުމާއި މަޖާކުރުމައް އަދި އަމިއްލަ ވިޔަފާރިއައް ބޭނުންކުރެ އުޅެޔޭ. މީގެކުރިން ތިޔަތަނެއް އިނދަޖެހިގެން ނުދާކަމައްވަނީ މިހާ ހާލުދެރައެއްނުވޭ

  3. ދަރަނި ދަންތުރަ

    ގާސިމްބެ އެއީ ރާއްޖޭގެ ފަގީރު ކޮއި ކަމަށް އަޅުގަނޑު ބުނަނީ މިހެންވެޔޭ ، އެހެންމީހުންނަށް ދޭންވާ އެއްޗެއް ނުދެވޭނެ ، މިހާރުވެސް ވެލާނާގެ ވިއްކާލާވާހަކަ ބުނެބަލަ ގާސިމްބެ ދީނާ ގައުމަށްޓަކައި ވެލާނާގެ ގަންނާނެ ، 19 އަހަރުގެ އަންހެން ކުއްޖަކު ދަރުމަވަންތަ ހޮސްޕިޓަލް އަށް ރަންކިޔާފައި ގާސިމްބެ އާ ކައިވެނި ކުރަން ބުނެބަލަ އެކުއްޖާޔާ ގާސިމްބެ ކައިވެނި ކުރާނެ