ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އެގައުމުގެ ޒުވާން ފޯވާޑު ހޯދުމަށް ސައުދީގެ އަލް ހިލާލުން ދުނިޔޭގެ ރެކޯޑު އަގެއް ހުށައަޅައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެމްބާޕޭ ހޯދުމަށް އަލް ހިލާލުން ހުށައަޅާފައި ވަނީ 300 މިލިއަން ޔޫރޯގެ އަގެކެވެ. މިއީ ފުޓުބޯޅައިގެ ތާރީހުގައި ވެސް ކުޅުންތެރިއަކު ގަތުމަށް ހުށައެޅި އެންމެ ބޮޑު އަގުކަން ފާހަގަ ކޮށްލެވެއެވެ.

ފްރާންސްގެ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރަށް ހަމަވާއިރު، އެމްބާޕޭގެ މުސްތަގުބަލާއި ކުޅޭ ގޮތުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފައެވެ. އެއްބަސްވުން އާ ނުކުރަން ނިންމާ އެކުލަބުން މިހާރު ވަނީ އެމްބާޕޭ ވިއްކާލުމަށް ނިންމާފައެވެ.

ދާދި ފަހުން އަންނަ ސީޒަނަށް ތައްޔާރު ވުމަށް ޖަޕާނަށް ދިޔުމަށް ދިޔުމަށް ނެގި ސްކޮޑުން ވެސް އެމްބާޕޭ ވަނީ ބާކީކޮށްފައެވެ. އެހެން ނަމަވެސް ސްކޮޑުން ބާކީ ކުރި ކުޅުންތެރިންނާއި އެކު ފަރިތަކުރުންތަށް ކުރިއަށް ގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން އަންނަ ސީޒަނުގައި އެމްބާޕޭ ޕީއެސްޖީން ނުފެންނާނެ ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

އެމްބާޕޭގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޕީއެސްޖީގެ ރައީސް ވަނީ ގޮތް ނިންމުމަށް އެމްބާޕޭއަށް ދެ ހަފުތާގެ މުއްދަތެށް ދީފައެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެމްބާޕޭ ގޮތެށް ނިންމާފައި ނުވެއެވެ. ސައުދީގެ އަލް ހިލާލުން ރަސްމީގޮތެއްގައި އެމްބާޕޭ ގަތުމަށް އަގު ހުށައެޅި ނަމަވެސް ކުލަބުންވެސް އަދި ވަކި ގޮތެށް ނުނިންމާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ހުށައެޅުމަށް އެމްބާޕޭވެސް ގޮތެއް ނުނިންމާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އެމްބާޕޭއާއި ޕީއެސްޖީއާއި ދެމެދު މައްސަލަތައް ހުރި ކަމަށް މީޑިއާ ރިޕޯޓުތަށް ބުނާއިރު، އެމްބާޕޭވެސް ވަނީ އެފަދަ ވާހަކަ ތަކެއް މީޑިއާގައި ދައްކާފައެވެ. އެގޮތުން ޕީއެސްޖީގައި ބައިބައިވުން އޮތް ކަމަށް އެމްބާޕޭ ވަނީ ބުނެފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑު ކިޔުންތައް އެމްބާޕޭއަށް ދަނީ އަމާޒު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަނީ

    މަމީ ބައްޕޭނަމަ ނައްޓަާލާނަން، ކޮނެމެހެއްވެސް މެސީރޮނާލްޑޯ ފެންވަރައް ނުދާނެ، ހަނދައް ދިޔަސް،
    ޢެހެންވީމާ ލިބުނު ފުރުސަތު ފައިސާ ނެގީމަ ރަނގަޅު.

    3
    1