ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) މުބާރާތުގައި ބައިވެރިވި ރާއްޖޭގެ އަންހެން ބާސްކެޓް ޓީމާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ސާބާ އަންހެން ބާސްކެޓް މުބާރާތުގައި ރޭ ސްރީ ލަންކާ އިން ވަނީ ރާއްޖެ ބަލިކޮށް މުބާރާތުގެ ރަން މެޑަލް ދިފާއުކޮށްފައެވެ. ލީގު އުސޫލުން ކުޅޭ މި މުބާރާތުގެ ލޯ މެޑަލް ހޯދީ ނޭޕާލްއެވެ. މިރޭ ރާއްޖެ އިން ބޫޓާން ބަލިކޮށްގެން ބްރޯންޒް މެޑަލް ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާ އަތުން ބަލިވި ނަމަވެސް އަންހެން ގައުމީ ޓީމަކަށްޓަކައި އޭނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި އަންހެން ބާސްކެޓް ޓީމުގެ ހިތްވަރަށް ސާބަސް ދަންނަވާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

"އިތުރު ކަންކަން ރަނގަޅުކޮށް މިރޭ ބޫޓާން ބަލިކޮށްލަމާ ހިނގާ." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މުބާރާތް ކުރިއަށްދާ ސޯޝަލް ސެންޓަރުން ފެންނަ މަންޒަރުން ކުޅިވަރަށް ބަދަލެއް ގެނެވިއްޖެ ކަމުގެ އުފާވެރި އިހްސާސް ކުރެއްވޭ ކަމަށެވެ. މަހްލޫފް އެ ފާހަގަ ކުރެއްވީ ރާއްޖެ ކުޅޭ މެޗުތައް ބެލުމަށް އެ ސެންޓަރަށް ވަންނަ ދިވެހި ސަޕޯޓަރުންގެ ވާހަކައެވެ.

މި މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗު ބެލުމަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ސެންޓަރަށް ވަނެވެ.

މުބާރާތުގެ ނަތީޖާތަކަށް ބަލާ އިރު، ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ކުޑަ ތަފާތަކުން ނޭޕާލް ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ލަންކާ އިން ވަނީ ބޫޓާންގެ މައްޗަށް ފަސޭހަ ކަމާ އެކުގައި މޮޅުވެފައެވެ. ތިން ވަނަ މެޗުގައި ލަންކާ އިން ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އަދި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބޫޓާން ވަނީ ނޭޕާލް އަތުން ބަލިވެފައެވެ.

ރާއްޖެ އިން މިފަހަރު އަމާޒު ހިފީ ރަން މެޑަލްއެއް ހޯދުމަށެވެ.

ރާއްޖެ އިން ވަނީ 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ މުބާރާތުގައި ލޯ މެޑަލް ހޯދައިފައެވެ. އަދި 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭން ލޯ މެޑަލް ހޯދިއެވެ. އެންމެ ފަހުން ބޭއްވި ސާބާ މުބާރާތުގެ ޗެމްޕިއަނުންނަކީ ވެސް ލަންކާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުޑަމުހައްމަދުބޭ

    އަންކިޔާފިއްޔާމުން މަހޭމެން ފަހުރުވެރިވާނެ ބާސްކެޓްޓީމަމަށް ވީކަމެއްނެތް ސަލާމް

    4
    2
  2. ހެވެނީ

    ތިޔަ ޓީމުގެ ފެންވަރު ވ ރަނގަޅަށް ދަނެގަނެވިއްޖެ. ކަށިން ހިތަވަރު ނެރެ، ލޭކޮށާލައިގެން ޝިއުރާމެންއަށް ސަލާމަތްވާން ކެރުނީ ނޭޕާލު ޓީމުއަތުން އެކަނިދޯ؟ ކުޅެގެން މޮޅުވާންޖެހުނު މެޗުން ކަށިންނާ ނާރުން ހިތްވަރު ނުނެރެވުނީމާ ކަޑައެއްނުންދީ؟

    3
    1
  3. ހހދހ

    ކޮންމެ އަކަސް ކާމިޔާބު ހޯދާ ޓީމާމެދު ފަހުރުވެރިވާންޖެހޭ. ރާއްޖޭގެ ފުޓްބޯޅަ އާމެދު ފަހުރުވެރި ނުވެވޭނެ

  4. ހިޔަމި

    ޝިއުރާ.ނ ރިޝްމާ ކުޅެވޭ ވަރަައް ވުރެެެ މާ ފަލަ

  5. Anonymous

    އެކި ކުޅުން ތެރިން ތަފާތު ބޫޓް ލައިގެން ތިބީ ކީއްވެތޯ ޖޯޒީ އެއްގޮތަކަށް އެކަމަކު ބޫޓް ތަފާތު އެކި ކުޅުން ތެރިން އެކި ވައްތަރުގެ ބޫޓަށް އަރައިގެން ތިބީމާ ތަންކޮޅެއް އައިބުނުންތޯ !