މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީ އަށް ބަދަލުވި އިނގިރޭސި ވިންގް، ކޯލް ޕާމާ އެ ޓީމަށް ދިޔައީ އިތުރު ޓްރޮފީ ހޯދަން ކަމަށް ބުނެފިއެވެ.

ޕާމާ، 21، ގެ ސޮއި ހޯދުމަށް ޗެލްސީން ވަނީ ގާތްގަނޑަކަށް 47 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް ސިޓީ އަށް ދައްކައިފައެވެ.

އޭނާ ވަނީ ޗެލްސީގެ ޖާޒީގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ޕާމާ ބުނީ، ސިޓީން އިނގިރޭސި ފުޓްބޯޅަ ޑޮމިނޭޓްކުރި ނަމަވެސް ޗެލްސީ އަށް ކުޅުމުގެ މާނަ އަކީ ކޮބައިކަން އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.

"މިއީ ވަރަށް ހައިބަތު ހުރި ބޮޑު ކްލަބަކަށް ވުމުން އަހަރެމެން ބޭނުންވަނީ މޮޅު. ޕްރޮޖެކްޓެއްގެ ގޮތުގައި ވާހަކަ ދެއްކުމުގެ މާނަ އަކީ މޮޅުނުވުމަށް ބާރުއަޅާ ގޮތަށް ދެކެވޭ ވާހަކައެއް ވެސް ނޫން،" ޕާމާ ބުންޏެވެ.

ޕާމާ އިތުރަށް ބުނީ، އެ ޓީމުގެ އަމާޒަކީ ރަނގަޅަށް ޕާފޯމްކޮށް، ގިނަ ޓްރޮފީތަކަށް ވާދަކުރުން ކަމަށެވެ.

ނިންމާލަމުން ޕާމާ ބުނީ، އޭނާ ޗެލްސީ އަށް ބަދަލުވީ ޓްރޮފީ ކެބިނެޓަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް ކަމަށެވެ. އަދި އޭނާ ވަނީ މި ސީޒަނުގައި ނޫނަސް ކުރިއަށް އޮތް ތާނގައި އެ އަމާޒަށް ވާސިލްވުމަށް އެދޭ ކަމަށް ބުނެފައެވެ.

މީގެއިތުރުން، ޕާމާ ވަނީ އެ ޓީމުގައި ރަނގަޅު ސްޓްރަކްޗަރއެއް އޮތް ކަމަށާއި، މިހާރު އޮތް ޓީމުގައި ތިބީ ހުނަރުވެރި މޮޅު ކުޅުންތެރިން ކަމަށްވީހިނދު ގިނަ ކާމިޔާބީތަކެއް ހާސިލްނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.