ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ކ. ގުރައިދޫ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް ނިންމާލައިފިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން ވަނީ އެމަރުކަޒުގައި އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް އެތަނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކޮށް، ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ގާއިމްކޮށްފައެވެ.

ބީއެމްއެލްގެ އެހީގައި ގުރައިދޫ މަރުކަޒުގައި ހިންގި ޕްރޮޖެކްޓް-- ފޮޓޯ: ބީއެމްއެލް

މީގެ އިތުރުން ވެސް މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރި ވަނީ ގާއިމްކޮށްފައެވެ. އަދި އެތަނުގެ މުވައްޒަފުންނާއި ބަލިމީހުންނަށް ބޭނުންކުރުމަށް ބޭންކުން ވަނީ ލައިބްރަރީ ކޯނަރ އެއްވެސް ގާއިމްކޮށްފައެވެ.

މި ޕްރޮޖެކްޓްގެ އެހީގައި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.