އައްޑޫގައި ހުންނަ ލިބޭ ސުޕާމާޓުން ބިސްކޭސް ވަރަށް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

ލިބޭގެ އޮފިޝަލަކު ވިދާޅުވީ، ރައްޔިތުންނަށް ފަސޭހަކަމާއެކީ ބިސް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ބިސް ކޭހެއްގެ އަގު 270 ރުފިޔާއަށް ހެޔޮކޮށްފައިވާ ކަމަށެވެ. މިއަގަކީ އައްޑޫން އެންމެ އަގުހެޔޮކޮށް ބިސް ލިބޭނެ އަގު ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ބިހުގެ އިތުރުން ވެސް ލިބޭއިން އަންނަނީ ރަމަޟާން މަހާއި ދިމާކޮށް އާންމުކޮށް ރައްޔިތުން ބޭނުން ކުރަމުން އަންނަ ތަކެތި ވެސް ވަރަށް އަގުހެޔޮކޮށް ވިއްކަމުންނެވެ. އެގޮތުން:

  • ޑަބަލްޕީޗް ގެރިކިރު: 678 ރުފިޔާއަށް
  • ކެބެޖް: ބަސްތާއެއް 360 ރުފިޔާއަށް
  • އަލުވި: ބަސްތާއެއް 205 ރުފިޔާ
  • ކަރާ: ބަސްތާއެއް 330 ރުފިޔާ
  • ޓޮމާޓޯ: ފޮށްޓެއް 315 ރުފިޔާއަށް
  • ކާށި: ބަސްތާއެއް 385 ރުފިޔާއަށް
ބިދޭސީއަކު ކުކުޅު ބިސް ސާފުކުރަނީ -- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މިތަކެތީގެ އިތުރުން ވެސް މޭވާއާއި ތަރުކާރީ އެއްތަނަކުން ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ލިބޭ ފިހާރައިން އެތަކެތި ލިބޭނެ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ރޯދަމަހާއި ގުޅުން ހުރި ގިނަ ތަކެތި ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

"ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް

"ލިބޭ-02" ފިހާރަ ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް ކައިރީގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.