އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ

އެސްޓީއޯ ހިންގާ ގަވައިދު ގައި ބަޔާންކޮށްފައި ގޮތުގެ މަތިން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބްކުރެވެއެވެ.

އެގޮތުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސް، ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ބާރު އަޅާ ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ހަމަމިއާއެކު، ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓްގަވާނަންސް ކޯޑުގައި ބާރުއަޅާ ފަދައިން، ކުންފުނީގެ ބޯޑަށް ވީހާވެސް ިގނަ އަންހެން ބޭފުޅުން ޝައުޤުވެރިކަން ފާޅުކުރުމާއި އިންތިހާބުގައި ވާދަކުރުމަކީ ވެސް އެދޭ ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ އެއީ މިންތީގެ ހަމަހަކަން ގާއުމްކުރުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތައް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އަދި އެ މަގާމަށް ކުރިމަތިލައްވާ ފަރާތާތަކީ ދިވެއްސަކަށް ވާންޖެހޭއިރު، 30 އަހަރުން މަތީގެ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

ޑިރެކްޓަރަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 8 އޭޕްރީލް ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު