"ދަ ރޯޔަލް ބޭކަރީ" ގެ ހިދުމަތް އާންމުންނަށް ހުޅުވާލައި ރޯދަ މަހަށް ޚާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފިއެވެ.

ޕޭސްޓްރީގެ އެކި ރަހަތަކާއެކު އަލަށް އާއްމުންނަށް ހުޅުވާލި މި ބޭކަރީ ހުންނާނީ ޗަމްޕާ ސެންޓްރަލް ހޮޓެލް ފުރަގަހުން އޮންނަ ސަބްދޭރިޔާ މަގުގައެވެ.

ތަފާތު އެކި އައިޓަމްތައް އެކުލެވޭ ގޮތަށް މި ބޭކަރީން ރޯދަ މަހަށް އަލަށް ހުޅުވާލި ޕެކޭޖްގެ ތެރޭގައި ރޯދަވީއްލާ ގަޑިއަށް ޚާއްސަ އެކި އައިޓަމްތައް ހިމެނޭނެއެވެ. އަދި ރޯދަވީއްލާ ގަޑިއަށް އަމިއްލަ އަށް ތައްޔާރު ކުރުމުގެ ބަދަލުގައި މި ޕެކޭޖުން ތަފާތު އެކި އައިޓްމަތްއް އަގުހެޔޮކޮށް ލިބޭނެއެވެ. އެމީހަކު ބޭނުންވާ އަދަދަކަށް އެކަށޭނެ ގޮތަށް މި ޕެކޭޖް ވަނީ ކަސްޓަމައިޒް ކުރެވިފައެވެ. އަދި ހިލޭ ޑެލިވެރީ ކޮށްދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ.

މިބޭކަރީން ސަބްމެރިން ބަން، ބާގަރ ބަން، މިނީބާގަރ ބަން، ހޮޓްޑޯގް ބަން، ޕިއްޒާ ހަދަން ބޭނުންކުރާ ޕިއްޒާ ފުއްގަނޑު އަދި މީގެ އިތުރުން ސޭންޑްވިޗްއާއި ޕޭސްޓްރީގެ އައިޓަމްތައް ލިބޭނެއެވެ. އަދި ޚާއްސަ ކަންކަމަށް ކުރިން އޯޑަރ ދެއްވުމުން އެކި ބާވަތްތައް ތައްޔާރު ކޮށްދިނުމާއި ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ލިބޭނެއެވެ. އޯޑަރ ދިނުމަށް ގުޅާނީ 7611176 ނުވަތަ 7407007 ނަންބަރަށެވެ.

ކިޔުންތެރިންގެ ހިޔާލު