މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 224 ކޮންޓެއިނަރުގެ މުދާ މިއަދު ބާލައިފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ތެރޭގައި 20 ފޫޓުގެ 92 ކޮންޓެއިނަރާއި، 40 ފޫޓުގެ 66 ކޮންޓެއިނަރު ހިމެނެއެވެ.

އެމްޕީއެލް އިން ބޭލި މުދަލުގެ ތެރޭގައި ހިމެނެނީ:

  • 813 ބަސްތާ ކެބެޖު
  • 615 އަރި ދޮންކެޔޮ
  • 980 ބަސްތާ އަލުވި
  • 1800 ކަރާ ބަސްތާ
  • 3156 ކާޓަނުގެ ބިސް
  • 75 ކްރޭޓުގެ ބަށި
  • 10 ކްރޭޓުގެ ކިއުކަމްބާ
  • 170 ކްރޭޓުގެ އަނބު
  • 865 ކްރޭޓުގެ އަލާނާސި
  • 75 ކްރޭޓުގެ ރޮކް މެލަން
  • 13 ކްރޭޓުގެ ސްވީޓް މެލަން
  • 25 ކްރޭޓު ހަނީ މެލަން
  • 587 ކްރޭޓުގެ ޓޮމާޓޯ
  • 4 ބަސްޓާ ބީޓް ރޫޓު
  • 2400 ބަސްތާ ބަރަބޯ
  • 37 ކްރޭޓު މިރުސް
  • 2 ބަސްތާ ލުނބޯ

މިއަދު އެމްޕީއެލް އިން އެންމެ ގިނައިން ބޭލި މުދަލަކީ ބަރަބޯއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރެވޭ ގޮތް ހެދުމެވެ.

މިދިޔަ ތިން އަހަރުގެ ރޯދަ މަހަށް ވުރެ މިދިޔަ އަހަރުގެ ރޯދަ މަހު އެތެރެ ކުރި ކާބޯތަކެތި އަދަދު އިތުރު ކަމަށް އެމްޕީއެލް އިން ވަނީ ކުރިން ވިދާޅުވެފައެވެ.