ރޯދަ މަހަކީ އާންމުކޮށް ގޭގޭގައި ކާބޯތަކެއްޗަށް ހަރަދު ކުރާ މިންވަރު އާންމު މަސްތަކާއި އަޅާބަލާއިރު އިތުރުވާ މަހެކެވެ. މިހެން ވުމުން ކޮންމެ މީހަކުވެސް ބަލާނީ އަގުހެޔޮކޮށް އެތަކެތި ލިބެން ހުންނާނެ ފިހާރަތަކުން ވިޔަފާރި ކުރުމަށެވެ. މާލެ ސަރަހައްދުގެ ހުރިހާ ހިސާބަބަކުން ވެސް ވިޔަފާރިކޮށްލުމަށް އަގު ހެޔޮކޮށް މުދާ ލިބޭނެ ގޮތްތަކެއް ހޯދުމަށް އެންމެން ވެސް ބަލައެވެ. ރޯދައަށް ބޭނުންވާ ހުރިހާ އެއްޗެއް ލިބޭނެ މިފަދަ ފިހާރައެއް ހޯދުމަަަށް އުނދަގޫ މީހުންނަަށް ފަސޭހަކޮށްލަ ދޭނެއެވެ.

އެގޮތުން މި ބަލައިލަނީ އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން މާލެ ސަރަހައްދުގެ ބޮޑު ތިން ވިޔަފާރިއެއްގައި ރޯދަ މަހަށް އެންމެ ބޭނުންވާ ތަކެތީގެ އަގު ހުރި ގޮތަަށެވެ. މި އަގުތަކާއެކު ޔަގީނުންވެސް މި ރޯދަ މަހު ވިޔަފާރި ކުރަން ދާންވީ ފިހާރަތައް އެނގޭނެއެވެ.

ފުރަތަމަ މި ބަލައިލަނީ ފިޔާގެ އަގުތައް ހުރި ގޮތަށެވެ. އެގޮތުން ފިޔާ ކިލޯއެއް ވިލާ މާރޓް ގައި 16 ރުފިޔާއަށް ކިލޯ ލިބެން އެބަހުރި އިރު ޝޮޕް އެންޑް ސޭވްގައި ވެސް ހުރީވެސް މި އަގުގަައެވެ. ރެޑް ވޭވްގައި ފިޔާ ކިލޯއެއް 17 ރުފިޔާއަށް ލިބެން ހުރިއިރު، ޗެކްމާކްސް ގައި ފިޔާ ކިލޯއެއް ލިބެން ހުރީ 25ރ. އަަށެވެ.

ހުދު ބިސް ވިލާ މާރޓް ގައި 1.50 ލާރިއަށް ލިބެންހުރި އިރު ރެޑް ވޭވްގައި ބިސް ލިބެންހުރީ 1.75 ރުފިޔާ އަށެވެ. އަދި ޝޮޕް އެންޑް ސޭވްގައި ބިސް 1.80 ރުފިޔާއަށް ލިބެން ހުރިއިރު، ޗެކްމާކްގައި ހުރީ 2 ރުފިޔާ އަށެވެ.

ކެރެޓްގެ އަގުތަކަށް ބަލާއިރު ވިލާ މާރޓްގައި ކެރެޓް ކިލޯއެއް ހުރީ 34 ރުފިޔާއަށެވެ. ރެޑް ވޭވްގައި ކިލޯއެއް 35 ރުފިޔާއަށް އަދި ޝޮޕް އެންޑް ސޭވް ގައި ކެރެޓް ކިލޯއެއް ލިބެންހުރީ 38 ރުފިޔާއަށް ހުރިއިރު، ޗެކްމާކްގައި ކެރެޓް ކިލޯއެއް ލިބެންހުރީ 40 ރުފިޔާއަށެވެ.

ކެބެޖް ކިލޯއެއް 24 ރުފިޔާއަށް ވިލާ މާރޓްގައި ހުރިއިރު ރެޑް ވޭވް އަދި ޝޮޕް އެންޑް ސޭވްގައި ލިބެންހުރީ 35 ރުފިޔާއަށެވެ. ޗެކްމާކްގައި ކެބެޖް ކިލޯއެއް ލިބެންހުރީ 30 ރުފިޔާއަށެވެ.

ޑަބަލް ޕީޗް ގެރި ކިރު ވިލާ މާރޓް ގައި 14.5 ރުފިޔާއަށް ލިބެންހުރި އިރު ރެޑް ވޭވްގައި ވެސް ހުރީ މި އަގުގައެވެ. ޝޮޕް އެންޑް ސޭވްގައި ގެރި ކިރު ލިބެންހުރީ 14 ރުފިޔާއަށެވެ. ޗެކްމާކްގައި މި ބްރޭންޑްގެ ގެރިިކިރު ދަޅެެއް އުޅެނީ 16 ރުފިޔާ އަށެެވެ.

މަމީ ނޫޑުލީސް ވިލާ މާރޓްގައި 5.95 ރުފިޔާއަށް ލިބެންހުރިއިރު ރެޑް ވެވްގައި ލިބެންހުރީ 6 ރުފިޔާއަށެވެ. އަދި ޝޮޕް އެންޑް ސޭވްގައި މި ބާވަތުގެ ނޫޑްލްސް 5.50 ރުފިޔާއަށް ލިބެން ހުރިއިރު، ޗެކްމާކްގައި ލިބެން ހުރީ 7.50 ރުފިޔާ އަށެވެ.

ދެން މި ބަލާލަނީ ފަނި ގިރުމަށް ބޭނުންކުރާ ޑިކްސީ އަލަނާސި ދަޅު ލިބެންހުރި އަގުތަކަށެވެ. އެގޮތުން ވިލާ މާރޓް ގައި 27 ރުފިޔާއަށް އަލަނާސި ދަޅު ލިބެންހުރި އިރު ޝޮޕް އެންޑް ސޭވްގައި ވެސް ހުރީ ހަމަ މި އަގުގައެވެ. ރެޑް ވޭވްގައި 25 ރުފިޔާއަށް ލިބެން ހުރިއިރު، ޗެކްމާކްގައި ހުރީ 30 ރުފިޔާއަށެވެ.

ވިލާ މާޓްގައި ހުރި ތަރުކާރީ އާއި މޭވާގެ ބާވްތައް

ރޯސްސިރަޕް ލިބެންހުރި އަގުތަކަށް ބަލާއިރު ރޯސްސިރަޕް އެންމެ އަގު ހެޔޮކޮށް ލިބެން ހުރީ ވިލާ މާރޓްގައެވެ. އެއީ 34 ރުފިޔާއަށެވެ. ރެޑް ވޭވް އަދި ޝޮޕް އެންޑް ސޭވްގައި ލިބެންހުރީ ރޯސްސިރަޕް ފުޅިއެއް 38 ރުފިޔާއަށެވެ. ޗެކްމާކްގައި ހުރީ 40 ރުފިޔާ އަށެވެ.

މަންޗީ ބްރޭންޑްގެ މާރީ ބިސްކޯދު ލިބެންހުރި އަގުތަކަށް ބަލާއިރު ވިލާ މާރޓް އަދި ޝޮޕް އެންޑް ސޭވްގައި ލިބެންހުރީ އެއްއަގެއްގައެވެ. އެއީ މާރީ ބިސްކޯދު ޕެކެޓެއް 23 ރުފިޔާއަށެވެ. އަދި ރެޑް ވޭވް އާއި ޗެކްމާކްގައި މި ބާވަތުގެ ބިސްކޯދު ލިބެން ހުރީ 28 ރުފިޔާއަށެވެ.

240ގ މާޖިރީން ތަށި ވިލާ މާރޓް ގައި 24.50 ރުފިޔާއަށް ހުރި އިރު ރެޑް ވޭވްގައި ލިބެންހުރީ 24 ރުފިޔާއަށެވެ. އަދި ޝޮޕް އެންޑް ސޭވްގައި 27 ރުފިޔާއަށް ލިބެން ހުރިއިރު، ޗެކްމާކްގައި ހުރީ 30 ރުފިޔާ އަށެވެ.

އެހެންކަމުން މި އަގުތައް ބަލާފައި ވިޔަފާރި ކުރަން ދާންވީ ފިހާރަތައް ކަށަވަރު ވާނެއެވެ. ވިޔަފާރިކޮށްލަން ދާއިރު، އަގުތަކަށް ބެލުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައިސް

    މީ އަސްލު ނޫސްވެރިކަމަކީ! ވަރަށް ބޭނުންތެރި ލިޔުމެއް. ޝުކުރިއްޔާ ވަގުގު ނޫސް