މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 217 ކޮންޓެއިނަރުގެ މުދާ އިއްޔެ ބާލައިފިއެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޭގެ ތެރޭގައި 20 ފޫޓުގެ 69 ކޮންޓެއިނަރާއި، 40 ފޫޓުގެ 74 ކޮންޓެއިނަރު ހިމެނެއެވެ.

އެމްޕީއެލް އިން ބޭލި ބައެއް މުދަލުގެ ތެރޭގައި ހިމެނެނީ:

  • 426 ބަސްތާ ކެބެޖު
  • 1 ކްރޭޓް ކުދި ކިއުކެންބާ
  • 460 އަރި ދޮންކެޔޮ
  • 1110 ބަސްތާ އަލުވި
  • 50 ބަސްތާ ބަރަބޯ
  • 1236 ކަރާ ބަސްތާ
  • 2520 ކާޓަނުގެ ބިސް
  • 32 ކްރޭޓް ބަށި
  • 60 ކްރޭޓުގެ އަނބު
  • 720 ކްރޭޓުގެ އަލާނާސި
  • 15 ކްރޭޓުގެ ރޮކް މެލަން
  • 62 ކްރޭޓުގެ ސްވީޓް މެލަން
  • 3 ކްރޭޓު އިނގުރު
  • 1 ޖަންބޯ ބޭގް ދޮންކެޔޮ
  • 954 ކްރޭޓް ޓޮމާޓީ
  • 30 ބަސްތާި ކައްޓަލަ
  • 1 ގޯނި ލުނބޯ
  • ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ. އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރެވޭ ގޮތް ހެދުމެވެ.