ދައުލަތުގެ ރިޒާވް މިދިޔަ މާޗް މަސް ނިމުނުއިރު 251.8 މިލިއަން ޑޮލަރަށް ދަށް ވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ މާލީ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ރިޒާވް، މިދިޔަ ޖެނުއަރީ މަހު އިތުރުވި ނަމަވެސް ފެބްރުއަރީ މަހު ވަނީ މިލިއަން ޑޮލަރު އަނެއްކާޥެސް ދަށްވެފައެވެ. އަދި އޭގެ ފަހުން މާޗް މަސް ނިމުނުއިރު ރިޒާވު ވަނީ 251.8 މިލިއަން ޑޮލަރަށް ތިރިވެފައެވެ.
ދައުލަތުގެ ރިޒާވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުން އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދެކެވެ.
"ސަރުކާރުން އަމާޒު ހިފާފައިވަނީ، އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައި، މި ވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒަރވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް. މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އެކަން ޙާޞިލުކުރެވޭނެ." ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގެ ތެރެއިން، އިޤުތިޞާދީ ކަންތައްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ޤައުމުގެ އިޤުތިޞާދީ ދުވެލި، މި އަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާ ކުރެވޭކަމަށާއި އަދި އެވްރެޖު އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާ ކުރެވޭކަމަށެވެ.
އާކަމެއް ނޫން. މީގެ ކުރިން އެމް،ޑީ،ޕީ ވެރިކަމުގަވެސް ރިޒާވް ކިރިޔާ ހުސްނުވެހުރީ ވެރިކަން ނިމުންއިރު
ރިޒާވްއަށްވެސް އަތްބާނައިގެން ކުރިންވެސް ލާދީނީ ހުސްކޮށްލިހެން ހުސްކޮށްލާ . ޔާމީން އިތުރު ކުރިހެން އިތުރެއް ނުކުރެވޭނެ.
ބޭނުން ކުރެވޭ ރިޒާވް ދައްވަނީ އާސަރުކާރު އައި ފަހުން ރަށް ރަށުގައި ހިންގި މަސްރޫޢު ތައް ވަނީ ހުއްާޓާލަފަ. އެކަމު ރައްކާކޮށްފައިވާ ފައިސާ ކޮޅުދަނީ މަދުވަމުން ކިހާ ދެރަވަރު.