ކޮންމެ އަހަރަކުވެސް ރެއިންބޯ އެންޓަޕްރަޒެސް އިން ކުރިއަށްގެންދާ ރެއިންބޯ ރަމަޟާން ސޭލް ފަށައިފިއެވެ.

މި ސޭލް ފަށާފައި ވަނީ މިއަދުއެވެ. މި ސޭލް އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ރެއިންބޯ އެންޓަޕްރައިޒެސް އިން ބުނީ، ރަމަޟާން ސޭލް، ރެއިންބޯ ލިވިން މޯލްއާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ އޮފީސް ސިސްޓަމް އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫގައި ވެސް ކުރިއަށްދާނެ ކަމަށެވެ.

ރެއިންބޯއިން ވިއްކާ މުދާ ހެޔޮއަގުގައި ކަސްޓަމަރުންނަށް ވިއްކުމަށްޓަކައި ކުރިއަށް ގެންދާ އެ ސޭލްގައި އެއްޗެހި ގަންނަ ފަރާތްތަކުގެ ތެރެއިން 500 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އެ ކޫޕަން ފުރުމަށްފަހު އަންނަ ޖޫން މަހުގެ ދޭއްގެ ކުރިން އެކަމަށް ހާއްސަ ފޮއްޓަށް ލާން ޖެހޭނެއެވެ.

އެ ކުންފުނިން ބުނީ، މި ސޭލްގެ ގުރުއަތު ނެގުން އަޮންނާނީ ޖޫން މަހުގެ 9 ވަނަ ދުވަހު ރޭގަނޑު 9:00 ޖަހާއިރު ރެއިންބޯ ލިވިންގ މޯލްގައި ކަމަށެވެ. ގުރުއަތުން ހޮވުނު ފަރާތްތަކުގެ ނަންތައް ޖެހިގެން އަންނަ ހަފްތާގައި އިއުލާނު ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ރެއިންބޯ ފޭސްބުކް ޕޭޖް މެދުވެރިކޮށްވެސް ގުރުއަތުން ހޮވުނު ފަރާތްތައް އެނގެން ހުންނާނެކަމަށް ބުނެފައި ވެއެވެ.

މިފަހަރުގެ ރެއިންބޯ ސޭލް އެހެން އަހަރުތަކާއި ވަރަށް ތަފާތެވެ. އެގޮތުން މި ފަހަރު ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި އެއް ފަރާތަކަށް އިތުރު ނުވަ މީހަކު ގޮވައިގެން ޝެލްބީންސްއަށް ރޯދަ ވީއްލުމަކަށް ދިޔުމުގެ ފުރުސަތު ލިބޭނެއެވެ.

މިފަހަރުގެ ބޮޑު އިނާމަކީ 50000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެކެވެ. މި ބަދިގެ ސެޓް ނަސީބުވެރި ތިން ފަރާތަކަށް ލިބޭނެެއެވެ.